Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 27:5 - ކިތާބުލް މުޤައްދަސާ

5 ދެން ޔުދާސް އެ ފައިސާތައް ބައިތުލް މަޤްދިސްގެ ތެރެއަށް އުކާލިއެވެ. އެއަށް ފަހު އޭނާ ގޮސް އަމިއްލައަށް ދަންޖެހި މަރުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 27:5
12 ပူးပေါင်းရင်းမြစ်များ  

އަޚީތޫފަލު ދިން މަޝްވަރާ އިސްރާއީލީންގެ ކުރިމަތީގައި ބޭކާރު ވުމުން އޭނާގެ ހިމާރުމަތީ ގޮނޑިބަނދެ އޭނާގެ ރަށަށް އެނބުރި ހިނގައްޖެއެވެ. އޭނާ ގެޔަށް ގޮސް ގޭމީހުންނަށް ވަސިއްޔަތްކޮށް ހަދާފައި ގޮސް އޭނާ އަމިއްލައަށް ދަންޖެހިގެންފިއެވެ. އޭނާ މަރުވީމާ މީހުން ގޮސް އޭނާގެ އާއިލާގެ ގަބުރުސްތާނުގައި ވަޅުލައިފިއެވެ.


”⁠މި މީހާ ބުނީ ’⁠ބައިތުލް މަޤްދިސް ތަޅާލައި ބިމާ ހަމަކޮށްލުމަށް ފަހު ތިން ދުވަސް ތެރޭގައި ތިމަންނަ ބިނާކޮށްފާނަމޭ.⁠‘⁠“


ބޮޑުއިމާމުން އެ ފައިސާ ފޮތިތައް ނެގުމަށް ފަހު ބުންޏެވެ. ”⁠އަހަރެމެންގެ ޤާނޫނު ބުނާ ގޮތުން މި ފައިސާ ބައިތުލް މަޤްދިސްގެ ޚަޒާނާގެ ތެރޭގައި ހިމަނައިގެން ނުވާނެ. ސަބަބަކީ މި ފައިސާއަކީ މީހެއްގެ މަރު ގަތުމަށް ދެވިފައިވާ ފައިސާއެއް.⁠“


ބޭރުގައި ތިބި މީސްތަކުން ޒަކަރިއްޔާ ނުނުކުމެ އެތެރޭގައި އެހާ އެލަސްވަނީ ކީއްވެ ބާވައޭ ހިތަށްއެރިއެވެ.


އާދަވެގެން އިމާމުން ކަންތައް ކުރާ އާދަކާދައިގެ މަތިން އެދުވަހު ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ އެތެރެއަށް ވަނުމަށާއި އެތާނގައި މީރުވަސްދުވާ އެއްޗެތިން ދުންއެޅުމަށް އިމާމަކު ހޮވުމަށް ގުރުއަތުލިއެވެ. މި ގުރުއަތުން އެ ދުވަހު އެކަންތައްތައް ކުރުމަށް ހޮވުނީ ޒަކަރިއްޔާއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ