47 އެތަނުގައި ތިބި ބައެއް މީހުންނަށް މިއަޑު އިވުމުން އެބައިމީހުން ބުންޏެވެ. ”އޭނާ ގޮވަމުން އެ ގެންދަނީ އިލްޔާސްގެފާނަށް.“
އަދި ތިޔަބައިމީހުން އެ ފަތްފުށްތައް ގަބޫލުކުރާނަމަ ޔަޙުޔާގެފާނަކީ އިލްޔާސްގެފާނު ކަމުގައި ތިޔަބައިމީހުން ގަބޫލު ކުރާނެ. އެއީ އެބޭކަލުން އިލްޔާސްގެފާނު ވަޑައިގަންނަވާނޭ ކަމުގައި ބަޔާންކުރައްވާފައި ވާތީވެ.
ގާތްގަނޑަކަށް ތިނެއް ޖެހި ތަނާ އީސާގެފާނު ގަދަ އަޑުފުޅަކުން ވިދާޅުވިއެވެ. ”އެލީ، އެލީ، ލަމާ ޝަބަޤްތަނީ؟“ (މި ބަހުގެ މާނައަކީ، މިއަޅުގެ ރަސްކަލާކޮ! މިއަޅުގެ ރަސްކަލާކޮ! އިނބަރަސްކަލާނގެ މިއަޅާ ދޫކޮށްލެއްވީ ކީއްވެ؟)
އެ ހިނދު އެތަނުން މީހަކު ދުވެފައި ގޮސް ހުތް މޭބިސްކަދުރު ދިޔައިން އިސްޕަންޖުގަނޑެއް ތެތްމައިގެން ދަނޑިއެއްގެ ކުރީގައި ލައިގެން އައިސް އެކަލޭގެފާނަށް ބޯން ދޭން އުޅުނެވެ.