މައްތާ 27:46 - ކިތާބުލް މުޤައްދަސާ46 ގާތްގަނޑަކަށް ތިނެއް ޖެހި ތަނާ އީސާގެފާނު ގަދަ އަޑުފުޅަކުން ވިދާޅުވިއެވެ. ”އެލީ، އެލީ، ލަމާ ޝަބަޤްތަނީ؟“ (މި ބަހުގެ މާނައަކީ، މިއަޅުގެ ރަސްކަލާކޮ! މިއަޅުގެ ރަސްކަލާކޮ! އިނބަރަސްކަލާނގެ މިއަޅާ ދޫކޮށްލެއްވީ ކީއްވެ؟) အခန်းကိုကြည့်ပါ။ |
އީސާގެފާނު މަރުން ސަލާމަތް ކުރެއްވުމުގެ ބާރުފުޅު މާތްރަސްކަލާނގެ ކިބަފުޅުގައި އޮތެވެ. އޭރު އެކަލޭގެފާނު ބިންމަތީގައި ހުންނަވައި ކަރުނައަޅައި ގަދަ އަޑުފުޅުން ސަލާމަތަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނުގެ ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނުގެ އަޑުފުޅު އެއްސެވިއެވެ.