މައްތާ 27:45 - ކިތާބުލް މުޤައްދަސާ45 މެންދުރު ވަގުތުން ފެށިގެން މުޅި ރަށަށް އަނދިރިކަން ފެތުރި ގޮސް ތިނެއް ޖެހުމާއި ހަމައަށް އެގޮތުގައި ވިއެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު، ހަތަރުވަނަ މަލާއިކަތާ އެ މަލާއިކަތާގެ ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު އިރާއި ހަނދާއި ތަރިތަކުގެ ތިން ބައިކުޅަ އެއްބައިގައި އެއްޗަކުން ޖެހުނެވެ. އޭގެ ސަބަބުން އެއިން ކޮންމެ އެއްޗެއްގެ ތިން ބައިކުޅަ އެއްބައިގެ އަލިކަން ގެއްލިދިޔައެވެ. ވީމާ، ދުވާލުގެ ތިން ބައިކުޅަ އެއްބައިގައި އަލިކަމެއް ނެތެވެ. އަދި ރޭގަނޑުގެ ތިން ބައިކުޅަ އެއްބައިގައި ވެސް އަލިކަމެއް ނެތެވެ.