Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 27:43 - ކިތާބުލް މުޤައްދަސާ

43 އޭނާ އިތުބާރު ކުރަނީ މާތްރަސްކަލާނގެ ކިބަފުޅަށް. އެހެންވެއްޖިއްޔާ މާތްރަސްކަލާނގެ، އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އޭނާ ސަލާމަތް ކޮށްދެއްވާނެއެއްނު. އޭނާ ބުނި. ތިމަންމީ މާތްރަސްކަލާނގެ ދަރިކަލުންނޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 27:43
17 ပူးပေါင်းရင်းမြစ်များ  

”⁠އަޅެ! ބައިތުލް މަޤްދިސް ހަލާކު ކޮށްލުމަށް ފަހު ތިން ދުވަހުގެ ތެރޭގައި އަލުން ޢިމާރާތް ކުރާނަމޭ ބުނެ މިކަލޭގެ ދައުވާކުރި! ކަލެއަށް އެކަން ކުރެވޭނެތަ؟ ކަލެއަކީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ ކަލޭގެ ނަފްސު ސަލާމަތްކޮށް ސަލީބުން ފައިބައިގެން އައިސްބަލަ!⁠“


ބިންހެލުން ކުރިމަތިވުމުން ރޯމުގެ އޮފިސަރާއި އަދި އީސާގެފާނު ސަލީބަށް އެރުއްވުމުގައި އުޅުނު ސިފައިން ބިރުގަތެވެ. މިހުރިހާ ކަމެއް ހިނގައި ދިޔުމަށް ފަހު އެބައިމީހުން ބުންޏެވެ. ”⁠ތެދެއް. މިއީ މާތްރަސްކަލާނގެ ދަރިކަލުން.⁠“


މީސްތަކުން މި މަންޒަރުތައް ބެލުމަށް އެއްވެ ތިބި ވަގުތު ބަނީއިސްރާއީލުގެ ބޮޑުން އީސާގެފާނަށް މަލާމާތް ކުރަމުން ގެންދިޔައެވެ. ”⁠މީނާ އެހެން މީހުން ސަލާމަތް ކޮށްދިން. އޭނާއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައި ވާނަމަ، އޭނާ އޭނާގެ އަމިއްލަ ނަފްސު ސަލާމަތް ކޮށްފާނެއެއްނު.⁠“


އެކަލޭގެފާނަށް ބުންޏެވެ. ”⁠ކަލެއަކީ ބަނީއިސްރާއީލުގެ ރަސްގެފާނަށް ވާ ނަމަ ކަލޭގެ އަމިއްލަ ނަފްސު ނިކަން ސަލާމަތް ކޮށްބަލަ!⁠“


ބައްޕާފުޅާއި އަހަރެންނާއި މިއީ އެކައްޗެއް.⁠“


އަހަރެން މީ ބައްޕާފުޅު ހޮއްވަވާފައި ދުނިޔެއަށް ފޮނުއްވި މީހެއް. އަހަރެން މީ އެކަލާނގެ ދަރިކަލެކޭ ބުނީމާ އަހަރެން ކުފުރުވާންވީ ކީއްވެ؟


ދެން ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠އަހަރެމެންގެ ދީނުގެ ގަވާއިދުތަކުގެ މަތިން އޭނާއަށް މަރުގެ ޙުކުމް ކުރަން ޖެހޭނެ. އެއީ ތިމަން މިއީ މާތްރަސްކަލާނގެ ދަރިކަލުންނޭ އޭނާ ބުނި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ