މީސްތަކުންގެ ކައިރިން އެ ބޭކަލުން އަހަމުން ގެންދެވިއެވެ. ”ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމަށް ވުމަށް އުފަންވި ކުއްޖާ ކޮބައިތޯ؟ އެ ކުއްޖާ އުފަން ވުމުގެ ނިޝާނުގެ ގޮތުގައިވާ ތަރި އަހަރެމެން ދުށިން. އެ ތަރި އިރުމަތީ ފަރާތުން އަހަރެމެންނަށް ފެނުމުން އަހަރެމެން މިއައީ އެ ކުއްޖާއަށް އަޅުކަން ކުރުމަށް ޓަކައި.“