Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 27:40 - ކިތާބުލް މުޤައްދަސާ

40 ”⁠އަޅެ! ބައިތުލް މަޤްދިސް ހަލާކު ކޮށްލުމަށް ފަހު ތިން ދުވަހުގެ ތެރޭގައި އަލުން ޢިމާރާތް ކުރާނަމޭ ބުނެ މިކަލޭގެ ދައުވާކުރި! ކަލެއަށް އެކަން ކުރެވޭނެތަ؟ ކަލެއަކީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ ކަލޭގެ ނަފްސު ސަލާމަތްކޮށް ސަލީބުން ފައިބައިގެން އައިސްބަލަ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 27:40
13 ပူးပေါင်းရင်းမြစ်များ  

ނުބައި އަދި ފާފަވެރި މީސްތަކުން ނިޝާނެއްގެ ގޮތުން މުޢުޖިޒާތަކަށް އެދެމުން ދާނެ. ނަމަވެސް އެފަދަ އެއްވެސް ނިޝާނެއް ނުދެއްކޭނެ. ދައްކައި ދިނުމަކަށް އަހަރެން ބޭނުމެއް ނުވޭ. ޔޫނުސްގެފާނާއި މެދު ހިނގައިދިޔަ ކަންތައްތަކަކީ ތިޔަބައިމީހުންނަށް ޓަކައި ދެއްކެވި ހަމައެކަނި މުޢުޖިޒާތީ އަލާމާތްތަކެއް ކަމަށް ފުދޭނެ.⁠“ މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އެމީހުން ދޫކުރައްވައި ވަޑައިގެންނެވިއެވެ.


”⁠މި މީހާ ބުނީ ’⁠ބައިތުލް މަޤްދިސް ތަޅާލައި ބިމާ ހަމަކޮށްލުމަށް ފަހު ތިން ދުވަސް ތެރޭގައި ތިމަންނަ ބިނާކޮށްފާނަމޭ.⁠‘⁠“


ބޮޑު އިމާމުންނާއި ބޮޑުންނާއި ދީނުގެ ދަންނަބޭކަލުން ވެސް އީސާގެފާނަށް ފުރައްސާރަކޮށް މަލާމާތް ކުރިއެވެ. އެބައިމީހުން ބުންޏެވެ.


”⁠އޭނާ އެހެންމީހުން ސަލާމަތް ކޮށްދިން. އެހެނަސް އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ސަލާމަތެއް ނުކުރެވުނު. އޭނާއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމުގައި ވަނީނަމަ، އޭނާ ސަލީބުން ތިރިއަށް ފައިބާނެއެއްނު! އެއަށް ފަހު އަހަރެމެން އެކަން ގަބޫލު ކުރާނަން.


ބިންހެލުން ކުރިމަތިވުމުން ރޯމުގެ އޮފިސަރާއި އަދި އީސާގެފާނު ސަލީބަށް އެރުއްވުމުގައި އުޅުނު ސިފައިން ބިރުގަތެވެ. މިހުރިހާ ކަމެއް ހިނގައި ދިޔުމަށް ފަހު އެބައިމީހުން ބުންޏެވެ. ”⁠ތެދެއް. މިއީ މާތްރަސްކަލާނގެ ދަރިކަލުން.⁠“


ދެން އިބިލީސް އައިސް އީސާގެފާނަށް ވަސްވާސް ދިނުމުގެ ގޮތުން ބުންޏެވެ. ”⁠ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ، މި ހިލަތަކަށް ރޮއްޓަށް ބަދަލުވާށޭ އަމުރު ކުރައްވާ.⁠“


އިބިލީސް އެކަލޭގެފާނަށް ބުންޏެވެ. ”⁠ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ، މިތަނުން ފުންމާލައްވާ. އެއީ މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠އެކަލާނގެ މަލާއިކަތުންނަށް ކަލޭގެފާނާ މެދު އަންގަވާނެޔޭ⁠‘ އަދި ’⁠އެމަލާއިކަތުން ކަލޭގެފާނު ހިލަތަކުގެ މައްޗަށް ވެއްޓުނަ ނުދެއްވާ އެބޭކަލުންގެ އަތްޕުޅުތަކުގެ މައްޗަށް އުފުއްލައްވާނެއޭ.⁠‘⁠“


ދެން އިބްރާހީމްގެފާނު ވިދާޅުވިއޭ. ’⁠އެމީހުން މޫސާގެފާނާއި އަދި ނަބީބޭކަލުން ވިދާޅުވި ބަސްފުޅުތަކުގެ އަޑުނާހާ އުޅޭ ނަމަ މަރުވެފައިވާ މީހަކު އަލުން ދިރިގެން ދިޔަސް އެމީހުންގެ ހިތާއި އުޅުމެއް ބަދަލެއް ނުކުރާނެއޭ.⁠‘⁠“


އެ ދެމީހުން މަރުވުމުގެ ސަބަބުން ދުނިޔެމަތީގައި ޙަޔާތު ވޭތުކުރަމުން ގެންދާ ހުރިހާ އެންމެން އުފާކޮށް މަޖާކޮށް އުޅޭނެއެވެ. އެކަކު އަނެކަކަށް އެބައިމީހުން ހަދިޔާ ފޮނުވާނެއެވެ. އެއީ ދުނިޔެމަތީގައި ދިރިއުޅުނު ފަރާތްތަކަށް މި ދެ ނަބިއްޔުން ތަފާތު މުސީބާތްތައް ކުރިމަތި ކުރައްވާފައިވާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ