Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 27:38 - ކިތާބުލް މުޤައްދަސާ

38 ދެ ކުށްވެރިން ވެސް އީސާގެފާނާއި އެކުގައި ސަލީބަށް އެރުވުނެވެ. އެ ދެމީހުން ވަނީ އެކަލޭގެފާނުގެ ދެފަރާތުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 27:38
10 ပူးပေါင်းရင်းမြစ်များ  

ސަލީބުގައި އެކަލޭގެފާނުގެ އިސްތަށިފުޅާއި ދިމާލު މަތީގައި އެކަލޭގެފާނު ތުހުމަތު ކުރައްވައި ލިޔުމެއް ބެހެއްޓިފައިވިއެވެ. އެ ލިޔުމުގައި މި ޢިބާރާތް ވެއެވެ. ”⁠މިއީ އީސާ، ބަނީއިސްރާއީލުންގެ ރަސްގެފާނޭ.⁠“


އެތަނުންދާ މީހުން ބޯހޫރުވަމުން އީސާގެފާނާ ދިމާއަށް ހަޑިހުތުރު ބަސްތައް ބުނަމުން ދިޔައެވެ.


މިފަދައިން އީސާގެފާނާއެކު ސަލީބަށް އެރުވުނު ދެވަގުން ވެސް އެކަލޭގެފާނަށް މަލާމާތް ކުރަމުން ދިޔައެވެ.


އަދި އެމީހަން އެކަލޭގެފާނާއި އެކުގައި ދެ ވަގުން ވެސް ސަލީބަށް އެރުވިއެވެ. އެ ދެމީހުން ސަލީބަށް އެރުވުނީ އެކަލޭގެފާނުގެ ދެ ފަރާތްޕުޅުގައެވެ.


އިހުޒަމާނުގެ ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ލިޔެވިގެން މިފަދައިން ވޭ: ’⁠އެމީހުން އޭނާ ހިމަނާނީ ފާފަވެރިންގެ ތެރޭގައޭ.⁠‘ އަހަރެން ބުނަން ތަ؟ ލިޔެވިގެން ވީފަދައިން އަހަރެންނާއި މެދު މިކަންތައްތައް ވެ ނިމެން ޖެހޭނެ. ހަމަކަށަވަރުން. އަހަރެންނާއިމެދު ލިޔެވިގެންވީ ފަދައިން މިހާރު ހުރިހާ ކަމެއް ވެސް ވެ މިނިމެނީ.⁠“


އެތާނގައި އެމީހުން އެކަލޭގެފާނު ސަލީބަށް އެރުވިއެވެ. އީސާގެފާނުގެ އިތުރުން ވެސް ދެމީހަކު ސަލީބަށް އަރުވައިފައި ތިއްބެވެ. އެކަކު ވަނީ އެކަލޭގެފާނުގެ ކަނާއަތް ފަރާތުގައެވެ. އަނެކަކުވަނީ އެކަލޭގެފާނުގެ ވާތްފަރާތުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ