36 އެއަށް ފަހު އެބައިމީހުން އިށީނދެ އެތަނުގައި އެކަލޭގެފާނަށް ބަލަން ތިއްބެވެ.
ސަލީބުގައި އެކަލޭގެފާނުގެ އިސްތަށިފުޅާއި ދިމާލު މަތީގައި އެކަލޭގެފާނު ތުހުމަތު ކުރައްވައި ލިޔުމެއް ބެހެއްޓިފައިވިއެވެ. އެ ލިޔުމުގައި މި ޢިބާރާތް ވެއެވެ. ”މިއީ އީސާ، ބަނީއިސްރާއީލުންގެ ރަސްގެފާނޭ.“
ބިންހެލުން ކުރިމަތިވުމުން ރޯމުގެ އޮފިސަރާއި އަދި އީސާގެފާނު ސަލީބަށް އެރުއްވުމުގައި އުޅުނު ސިފައިން ބިރުގަތެވެ. މިހުރިހާ ކަމެއް ހިނގައި ދިޔުމަށް ފަހު އެބައިމީހުން ބުންޏެވެ. ”ތެދެއް. މިއީ މާތްރަސްކަލާނގެ ދަރިކަލުން.“
އަދި ސަލީބުގެ ކުރިމަތީގައި ކޮޅަށް ހުރި ސިފައިންގެ އޮފިސަރަކަށް އީސާގެފާނު އަވަހާރަވެދިޔަ މަންޒަރު ފެނިގެން ދިޔައެވެ. އެ ހިނދު އޭނާއަށް ބުނެވުނެވެ. ”ޙަޤީޤަތުގައި ވެސް މި ފިރިހެނާއަކީ މާތްރަސްކަލާނގެ ދަރިކަލުން!“
އީސާގެފާނު އެހާ އަވަހަށް އަވަހާރަވެ ނިމިއްޖެ ޚަބަރު ޕިލާތުސްއަށް ލިބުމުން އެކަމާ އޭނާ ޙައިރާންވިއެވެ. އެ ހިނދު އީސާގެފާނު ބެލެހެއްޓެވުމަށް ހުރި ސިފައިންގެ އޮފިސަރަކަށް ގޮވާ ގެނައުމަށް ފަހު އީސާގެފާނު އަވަހާރަވެއްޖެ ތޯ އަހައި ސުވާލު ކުރިއެވެ.