Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 27:35 - ކިތާބުލް މުޤައްދަސާ

35 ދެން އެ ސިފައިން އެކަލޭގެފާނު ސަލީބަށް އެރުވުމަށް ފަހު އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތުލައި ހެދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 27:35
10 ပူးပေါင်းရင်းမြစ်များ  

އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”⁠ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.⁠“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަތްތިލަފުޅުގަޔާއި އަރިކަށިފުޅުގައިހުރި ޒަޚަމުތަކުގެ ނިޝާން އެމީހުންނަށް ދެއްކެވިއެވެ. އެމީހުންނަށް މާތްސާހިބާ ފެނުމުން އުފަލުން ފުރުނެވެ.


އަސްޙާބީން އޭނާ ގާތު ބުންޏެވެ. ”⁠އަހަރެމެން މާތްސާހިބާ ދެކެފިން.⁠“ ނަމަވެސް އޭނާ ބުންޏެވެ. ”⁠އަހަރެން އެކަލޭގެފާނުގެ އަތްޕުޅުގައި މޮހޮރު ޖެހުނު ޒަޚަމްތައް ދެކެ އެތަނުގައި އަތްލާ އެކަލޭގެފާނު އަރިކަށިފުޅުގައިހުރި ޒަޚަމުގައި އަތްނުލަނީސް އަހަރެން ތިޔަކަމެއް ގަބޫލެއް ނުކުރާނަން.⁠“


ދެން އީސާގެފާނު ތޯމާސްއަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ އަތުގައި އަތްލާ ބަލާބަލަ. މަގޭ އަރިކަށީގައި ވާ ޒަޚަމުތަކުގެ ނިޝާންތަކުގައި އަތްލަބަލަ. ޝައްކު ކުރުން ދޫކޮށްލާ. ގަބޫލުކޮށް އީމާންވޭ!⁠“


އެކަލޭގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކައި ތިޔަބައިމީހުންނާއި ހަވާލު ކުރެވޭނެ ކަމަކީ އެކަލާނގެ މާކުރިން ރާއްވަވާ ނިންމަވައިފައިވީ ކަމެއް. ތިޔަބައިމީހުން ނުބައި ނުލަފާ ކާފަރުންގެ ބަޔަކު ލައްވާ އެކަލޭގެފާނު ނުބައި ކުށްވެރިޔެއްގެ ގޮތުގައި ސަލީބަކަށް ނަގާ އަވަހާރަ ކޮށްލުވި.


ވީއިރު އަހާ. އަޅުގަނޑުމެން ބަނީއިސްރާއީލުގެ އެންމެންނަށް ހާމަކޮށް އަންގަން. އޭނާ ރަނގަޅުވީ ނާޒަރަތުގެ ރަށްވެއްސެއް ކަމުގައި ވީ އީސާ އަލްމަސީޙުގެ ބާރުފުޅުން. ކަލޭމެން އެކަލޭގެފާނު ސަލީބަކަށް ނަގާ މަރާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. މި ވާވެފައިވީ ނުހިނގޭ މީހާ މުޅިން ރަނގަޅުވެ މިއަދު ތިޔަ އެންމެ ހާ މީސްތަކުންގެ ކުރިމަތީ ކޮޅަށް މިހިރީ އީސާގެފާނުގެ ބާރުފުޅުން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ