Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 27:31 - ކިތާބުލް މުޤައްދަސާ

31 ދެން އެމީހުން އެކަލޭގެފާނަށް މަލާމާތްކޮށް ނިމުމުން އެކަލޭގެފާނުގެ ހަށިކޮޅުގައި އެބައިމީހުން ލެއްވި ރިދާކޮޅު ބާލުއްވައި އެކަލޭގެފާނުގެ އަމިއްލަ ރިދާކޮޅު އަނެއްކާވެސް ލެއްވިއެވެ. އެއަށް ފަހު ސަލީބަށް އެރުވުމަށް ޓަކައި އެކަލޭގެފާނު ގެންދެވުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 27:31
12 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ބަނީއިސްރާއީލުން ނޫން ދަރިކޮޅުގެ މީސްތަކުންނާއި އޭނާ ޙަވާލު ކުރެވާނެ. އަދި އެބައިމީހުން އޭނާއަށް މަލާމާތާއި ފުރައްސާރަކޮށް ހަދާނެ. އަދި އެބައިމީހުން އޭނާގެ ގައިގައި ހަންމުށިން ތެޅުމަށް ފަހު ސަލީބަށް އަރުވާނެ. އެކަމަކު އޭނާ އަވަހާރަ ވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަލުން ދިރިގެން ތެދުވާނެ.⁠“


އެއާއެކު އެމީހުން އޭނާ އަތުލައިގެން މޭބިސްކަދުރު ދަނޑުން ބޭރުކޮށްލައި އަދި މަރާލި.


”⁠މާދަމާ ނޫން އަނެއް ދުވަހަކީ ފަހަނަޅައި ދިއުމުގެ ޢީދު ދުވަސްކަން ތިޔަބައިމީހުން ދަންނާނެ. އެދުވަހަކީ އިންސާނާގެ ދަރިކަލުން ސަލީބަށް އެރުވުމަށް ޓަކައި އެކަލޭގެފާނުގެ އަދުއްވުންގެ އަތްމައްޗަށް ދޫކޮށްލެވޭނޭ ދުވަސް.⁠“


މިކަންތައްތައް އެބައިމީހުން މި ގޮތަށް ކުރުމަށް ފަހު އެކަލޭގެފާނަށް މަލާމަތް ކުރައްވާ އަދި އެބައިމީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި ތުރުކުރެއްވި ދަނބު ކުލައިގެ ރިދާކޮޅު ބާލުއްވައި އެކަލޭގެފާނު ކުރިން ވެސް ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅުގައި ބެހެއްޓެވިއެވެ. އެއަށް ފަހު އެކަލޭގެފާނު ސަލީބަށް އެރުވުމަށްޓަކައި އެބައިމީހުން އެކަލޭގެފާނު ގެންދެވިއެވެ.


ދެން ޕިލާތުސް އީސާގެފާނު ސަލީބަށް އެރުވުމަށް ސިފައިންނާއި ހަވާލުކުރިއެވެ. ދެން ރޯމުގެސިފައިން އީސާގެފާނު ގޮވައިގެން އެތަނުން ދިޔައެވެ.


ދެން އެ އަސްޙާބީއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިހިރީ ކަލޭގެ މަންމަ.⁠“ ދެން އެދުވަހުން ފެށިގެން އެ އަސްޙާބީ މަރިޔަމްގެފާނު އޭނާގެ ގެއަށް ގެންގޮސް ބެލެހެއްޓިއެވެ.


އަދި އެމީހުން އިސްތިފާނު ދަމާ ގެންގޮސް ރަށުގެ ބޭރަށް ގެންދިޔައެވެ. ދެން އޭނާގެ ގަޔަށް ހިލަ އުކަން ފެށިއެވެ. އިސްތިފާނު އާއި ދެކޮޅަށް ހެކިދިން ހެކިން ދިޔައީ އެމީހުންގެ ގައިގައި ވީ ސާލުތައް އެތާނގައި ހުރި ޝާއުލްއޭ ކިޔުނު ޒުވާން ފިރިހެނަކާއި ހަވާލުކޮށްފައެވެ.


އީސާގެފާނު ސަލީބަށް އެރުވި އަވަހާރަވީ ރަށްބޭރު ދޮރާށިން ބޭރުގައެވެ. އެއީ އެކަލޭގެފާނުގެ ހަށިކޮޅުގެ ލޭފޮދުން އެކަލޭގެފާނުގެ މީހުންގެ ފާފައިން ތާހިރު ކުރެއްވުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ