Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 27:25 - ކިތާބުލް މުޤައްދަސާ

25 ދެން އެ ހުރިހާ އެންމެން އެއްއަޑަކުން ޖަވާބު ދިނެވެ. ”⁠އަހަރެމެންނާއި އަދި އަހަރެމެންގެ ދަރިން އޭނާގެ މަރުގެ ޒިންމާ އުފުލާނަން!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 27:25
20 ပူးပေါင်းရင်းမြစ်များ  

ކަލޭމެން އަހަރެން ނޫން ފަރާތަކަށް ސަޖިދަ ޖަހައިގެން ނުވާނެ. ކަލޭމެން އެހެން ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެ. އެހެނީ އަހަރެންނަކީ ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެ. ކަލޭމެން އަހަންނަށް ފުރިހަމައަށް އިޚްލާސްތެރި ވާން ވާނެ. ކަލޭމެންގެ މައިންބަފައިންގެ ފާފައިގެ އަސަރު އެމީހުންގެ ދަރިންގެ މައްޗަށް ވެސް އަހަރެން ފޯރުވާނަން. އެކަމުގެ ސަބަބުން މުޅި އާއިލާއަށް އޭގެ އަސަރު ފޯރައިގެންދާނެ. އަހަރެންނާމެދު ނަފްރަތުވާ މީހެއްގެ ދަރިންނާއި އެދަރިންގެ ތިން ދަރިކޮޅު ހަތަރު ދަރިކޮޅަށް ދާނދެން އެކަމުގެ އަސަރު ފޯރާނެ.


މި ގަލުގައި އަޅައިގަނެ ވެއްޓޭ ކޮންމެ މީހަކު ހަލާކު ވެދާނެ. އަދި މި ގާ ކޮންމެ މީހެއްގެ މައްޗަށް ވެއްޓުނު ކަމުގައިވިޔަސް އެ މީހަކުމެ ޗިސްޗިސް ވެދާނެ.⁠“


ނަމަވެސް އެމީހުން ޕައުލްގެ ވާހަކަތަކާއި ދެކޮޅުހަދާ އޭނާއާއި ދިމާލަށް ނަހަމަ އެއްޗެތި ކިޔާ ހެދުމުން ޕައުލް އެމީހުން ދޫކޮށްލި ކަން ހާމަކުރުމުގެ ގޮތުން އޭނާގެ ހެދުމުން ހިރަފުސް ފޮޅާލާފައި އެމީހުންނަށް ބުންޏެވެ. ”⁠ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވި ދިންނެވުން ނުލިބުނީ ނަމަ އެއީ ކަލޭމެންގެ އަމިއްލަ ކުށް. އަހަރެންނަށް އެ ކަމާމެދު ކުރެވެން އޮތް ވަރަކަށް އަހަރެން މަސައްކަތް ކޮށްފީން. މީގެ ފަހުން އަހަރެން މި ދިންނެވުމުގެ ވާހަކަތައް އަންގައިދިނުމަށް ދާނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް އެކަނި.⁠“


”⁠އަހަރެމެން ކަލޭމެންނަށް އީސާގެފާނުގެ ނަމުގައި މީސްތަކުންނަށް އެއްވެސް އެއްޗެއް ކިޔާ ނުދިނުމަށް އިންޒާރުކޮށް ނާންގަންތަ؟ އެކަމަކު ކަލޭމެން އަހަރެމެން ބުނި ބަހަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ގޮސް ކަންތައް ކުރިގޮތް ބަލާބަލަ! ކަލޭމެން ތި ކިޔަވާދޭ ވާހަކަތައް މުޅި ޖެރޫސަލަމަށް ފެތުރިއްޖެ. އަދި ކަލޭމެން ތިޔަ އުޅެނީ ތިޔަ މީހާގެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލުގަ އަޅުވަންތަ؟⁠“


ކަލޭމެންގެ ކާބަފައިން އަނިޔާ ނުކުރާ ދެރަކޮށް ނަހަދާ އެންމެ ނަބީބޭކަލަކު ވެސް ވޭ ތަ؟ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ މަތިވެރި ޞާލިޙު މީހާ އަންނަ ވާހަކަ ފާޅުކޮށް އެންގުމަށް ފޮނުއްވި ނަބީބޭކަލުން ވެސް އެމީހުން މަރާލި. އަދި މިހާރު ކަލޭމެން އެ ޚާއްސަކުރައްވާ ފޮނުއްވި މަތިވެރި މީހާ އާއި ވެސް ދެކޮޅުހަދާ އެކަލޭގެފާނު ވެސް މަރާލާފީމު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ