މައްތާ 27:24 - ކިތާބުލް މުޤައްދަސާ24 އަދި އެއްވެފައި ތިބި މީސްތަކުންގެ ރުޅިވެރިކަން މަރާމާރީއަށް ބަދަލުވަމުންދާތަން ޕިލާތުސްއަށް ފެނުނު ހިނދު މިކަމުގައި އޭނާއަށް އިތުރަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަން އެނގުނެވެ. ވީމާ އޭނާ ފެން އަޅާފައިވާ ބޮޑު ބޯތައްޓެއް ގެނެސް މީސްތަކުންގެ ކުރިމަތީގައި ބަހައްޓާފައި އޭނާގެ ދެ އަތް ދޮވެ، މިފަދައިން ބުންޏެވެ. ”މި އިންސާނާގެ މަރާއިމެދު އަހަރެން ޒިންމާއެއް ނުވާނަން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކަލޭމެން.“ အခန်းကိုကြည့်ပါ။ |
އަލްމަސީޙު އަހަރެމެންގެ ފާފަތަކަށްޓަކައި ވޭން އުފުއްލަވައި އެންމެ ފަހަރަކު އަވަހާރަވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ފާފަވެރިންނަށްޓަކައެވެ. އެއީ ރައްކާތެރިކަމާއެކު މާތްރަސްކަލާނގެ ޙަޟްރަތަށް އަހަރެމެން ގެންގޮސް ދިނުމަށެވެ. އެކަލޭގެފާނު ވޭން އުފުއްލެވީ ޖިސްމާނީ ގޮތުންނެވެ. ނަމަވެސް އެކަލޭގެފާނު އަލުން އަނބުރާ ދިރިދުނިޔެއަށް ވަޑައިގެންނެވުމަށް ފަހު ރޫޙާނީ ޙަޔާތެއްގައި ވިއެވެ.