22 ޕިލާތުސް އެމީހުން ކުރެން އެހިއެވެ. ”އަލްމަސީޙާއޭ ކިޔާ އީސާއަށް އަހަރެން ހަދަންވީ ކިހިނެއްތަ؟“ އެބައިމީހުން ޖަވާބު ދިނެވެ. ”އޭނާ ސަލީބަށް އަރުވާ!“
ޔަޢުޤޫބު އަކީ ޔޫސުފުގެ ބަފައިކަލުންނެވެ. ޔޫސުފު އަކީ މަރިޔަމްގެފާނުގެ ފިރިކަލުންނެވެ. އަދި މަރިޔަމްގެފާނަކީ އީސާގެފާނުގެ މައިކަނބަލުންނެވެ. އީސާގެފާނުގެ ޚާއްސަ ލަގަބުފުޅަކީ އަލްމަސީޙު އެވެ.
މީސްތަކުން އެއްވުމުން ޕިލާތުސް އެމީހުން ކުރެން އެހިއެވެ. ”މި ދެމީހުންގެ ތެރެއިން މިނިވަން ކުރުމަށް ކަލޭމެން އެދެނީ އަލްމަސީޙުގެ ނަމުގައިވާ އީސާގެފާނުތަ؟ ނޫނީ ބަރައްބާސްތަ؟“
އެ މީސްތަކުންގެ ގާތުގައި ގަވަރުނަރު އިތުރަށް އެހިއެވެ. ”މި ދެމީހުންގެ ތެރެއިން މިނިވަންކުރުމަށް ކަލޭމެން އެދެނީ ކާކު؟“ އެމީހުން ޖަވާބުގައި ބުންޏެވެ. ”ބަރައްބާސް!“
ނަމަވެސް ޕިލާތުސް ބުންޏެވެ. ”އޭނާގެ ކުށަކީ ކޮބާ؟“ އެމީހުން އެއަށްވުރެވެސް ބާރަށް އަޑުގެކޮޅަށް ގޮވަމުން ދިޔައެވެ. ”އޭނާ ސަލީބަށް އަރުވާ!“
އީސާގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކައި ސާބިތު ކުރެވޭފަދަ ހެކިތަކެއް ލިބޭތޯ ބޮޑު އިމާމުންގެ އިތުރުން ބަނީއިސްރާއީލުގެ ދީނީ ކޯޓުގެވެރިން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެބައިމީހުންނަށް އެއްވެސް ހެއްކެއް ލިބިގެން ނުވިއެވެ.
އެ އަންހެންމީހާ ބުންޏެވެ. ”އަލްމަސީޙު ވަޑައިގަންނަވާނެކަން އަޅުގަނޑަށް އެނގޭ. އަލްމަސީޙު (ގުރީކުބަހުން ކުރިސްޓޮސް) ވަޑައިގެން އަޅުގަނޑުމެންނަށް ހުރިހާ ކަމެއް އޮޅުންފިލުވާ ދެއްވާނެ.“
އެމީހުންނަށް އެކަލޭގެފާނު ކުށްވެރިކުރެވޭނެ އެއްވެސް ސަބަބެއް ނުފެނުނު ނަމަވެސް އެމީހުން ޕިލާތުސްގެ ކިބައިން އެދުނީ އީސާގެފާނަށް މަރުގެ އަދަބު ދިނުމަށް.
އެކުވެރިންނޭ އަޅުގަނޑު ތިޔަ އެންމެ ހާ އަޚުންނަށް ދޭން އެދޭ ޚަބަރަކީ އީސާގެފާނު މެދުވެރިކޮށް ތިޔަ އެންމެ ހާ މީސްތަކުންގެ ފާފަ ފޮއްސެވޭނެ ކަމުގެ ޚަބަރު.