20 ނަމަވެސް ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެއްވެފައި ތިބި މީސްތަކުންގެ ބޮލަށް އެރި ބަރައްބާސް މިނިވަންކޮށް އީސާގެފާނަށް މަރުގެ ޙުކުމް ކުރުމަށް ބުނުވިއެވެ.
އެ މީސްތަކުންގެ ގާތުގައި ގަވަރުނަރު އިތުރަށް އެހިއެވެ. ”މި ދެމީހުންގެ ތެރެއިން މިނިވަންކުރުމަށް ކަލޭމެން އެދެނީ ކާކު؟“ އެމީހުން ޖަވާބުގައި ބުންޏެވެ. ”ބަރައްބާސް!“
ނަމަވެސް ބޮޑުއިމާމުން މީސްތަކުން ހިލުވާލުމަށް ފަހު އެބައިމީހުންނަށްޓަކައި އެކަލޭގެފާނުގެ ބަދަލުގައި ބަރައްބާސް ދޫކޮށް ދިނުމަށް ޕިލާތުސްއަށް އެދުމަށް ބުންޏެވެ.
އެމީހުން ހަޅޭއްލަވައިގެންފައި ބުންޏެވެ. ”ނޫން، ނޫން، މިމީހާއެއް ނޫން! ބައްރަބާސް މިނިވަންކޮށްދެއްވާ!“ މި ބަރައްބާސް އަކީ ބާޢީއެކެވެ.
އަދި ކޮންމެ ސަބަތުގެ ދުވަހެއްގައި ޕައުލް ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒުގައި ބަނީއިސްރާއީލު މީހުންނާއި އަދި އެހެން މީހުންނާއި ވެސް މާތްރަސްކަލާނގެ އާއި މެދު ވާހަކަދައްކާ އެމީހުން އެކަލާނގެ މަގަށް އެނބުރުމަށް މަސައްކަތް ކުރިއެވެ.