17 މީސްތަކުން އެއްވުމުން ޕިލާތުސް އެމީހުން ކުރެން އެހިއެވެ. ”މި ދެމީހުންގެ ތެރެއިން މިނިވަން ކުރުމަށް ކަލޭމެން އެދެނީ އަލްމަސީޙުގެ ނަމުގައިވާ އީސާގެފާނުތަ؟ ނޫނީ ބަރައްބާސްތަ؟“
ޔަޢުޤޫބު އަކީ ޔޫސުފުގެ ބަފައިކަލުންނެވެ. ޔޫސުފު އަކީ މަރިޔަމްގެފާނުގެ ފިރިކަލުންނެވެ. އަދި މަރިޔަމްގެފާނަކީ އީސާގެފާނުގެ މައިކަނބަލުންނެވެ. އީސާގެފާނުގެ ޚާއްސަ ލަގަބުފުޅަކީ އަލްމަސީޙު އެވެ.
އެދުވަސްވަރު ޖަލުގައި ހައްޔަރު ކުރެވިފައިވާ ނުބައިކަމަށް މަޝްހޫރު މީހެއް ކަމުގައިވާ ބަރައްބާސް ކިޔާ މީހަކު ހުއްޓެއެވެ.
ބޮޑުއިމާމުން އީސާގެފާނު އޭނާއާއި ޙަވާލު ކުރި ސަބަބަކީ އެބައިމީހުން އެކަލޭގެފާނާއި މެދު ޙަސަދަވެރި ވާތީ ކަން ޕިލާތުސްއަށް ރަނގަޅަށް އެނގެއެވެ.
އެމީހުން އެއް އަޑުން ހަޅޭއްލަވަން ފެށިއެވެ. ”އޭނާ މަރާލާ، އޭނާ މަރާލާ! އޭނާ ސަލީބަށް އަރުވާ!“ ޕިލާތުސް ބުންޏެވެ. ”ކީކޭ؟ ކަލޭމެންގެ ރަސްގެފާނު ސަލީބަށް އަރުވާ މަރާލާށޭ؟“ ބޮޑު އިމާމުން ހަރުއަޑުން ގޮވާލިއެވެ. ”ކައިސަރު ފިޔަވާ އެހެން އެއްވެސް ރަސްކަލެއް އަހަރެމެންގެ ނުވޭ!“
އެ އަންހެންމީހާ ބުންޏެވެ. ”އަލްމަސީޙު ވަޑައިގަންނަވާނެކަން އަޅުގަނޑަށް އެނގޭ. އަލްމަސީޙު (ގުރީކުބަހުން ކުރިސްޓޮސް) ވަޑައިގެން އަޅުގަނޑުމެންނަށް ހުރިހާ ކަމެއް އޮޅުންފިލުވާ ދެއްވާނެ.“