14 ނަމަވެސް އީސާގެފާނު ޕިލާތުސްގެ ސުވާލަށް ޖަވާބު ދެއްވުމުގެ ގޮތުން އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ހަނު ހިމޭނުން ހުންނެވުމުން އެކަމާއިމެދު ޕިލާތުސް ވަރަށް ބޮޑަށް ޙައިރާންވިއެވެ.
ނަމަވެސް އީސާގެފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަނެއްކާވެސް އުއްތަމަ އިމާމު އީސާގެފާނަށް ބުންޏެވެ. ”ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެ ބާރުފުޅުން އަހަރެން ކަލެއަށް އަމުރުކުރަން: ކަލެއަކީ އަލްމަސީޙު، މާތްރަސްކަލާނގެ ދަރިކަލުން ކަމުގައިވާނަމަ އެކަން އަހަރެމެންނަށް ބުނެދީ!“
ބޮޑުއިމާމުންނާއި ބޮޑުން އެކަލޭގެފާނާއިމެދު ތުހުމަތު ކުރައްވަމުން ގެންދެވި ހިނދުގައި ވެސް އެކަލޭގެފާނު ބަސްފުޅެއް ވިދާޅުނުވެ ހަނުހިމޭނުން ހުންނެވިއެވެ.
ދެން ޕިލާތުސް އީސާގެފާނަށް ބުންޏެވެ. ”ކަލެއާއި މެދު ތަފާތު ތުހުމަތުތައް ކުރާ ކަމުގެ އަޑު ކަލެއަށް ނީވޭތަ؟“
ނަމަވެސް އީސާގެފާނު ބަސްފުޅު ވިދާޅުނުވެ ހަނުހިމޭނުން ހުންނެވުމުން ޕިލާތުސް ޙައިރާންވިއެވެ.
ހެރޮދު އީސާގެފާނު ކުރެން ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް އީސާގެފާނު ޖަވާބެއް ނުދެއްވައެވެ.
ދެން އޭނާ އަނެއްކާވެސް އެތެރެއަށް ވަދެ އީސާގެފާނާއި ސުވާލު ކުރިއެވެ. ”ކަލޭ އައީ ކޮންތާނކުން؟“ ނަމަވެސް އީސާގެފާނު އެއްވެސް ޖަވާބެއް ނުދެއްވިއެވެ.