13 ދެން ޕިލާތުސް އީސާގެފާނަށް ބުންޏެވެ. ”ކަލެއާއި މެދު ތަފާތު ތުހުމަތުތައް ކުރާ ކަމުގެ އަޑު ކަލެއަށް ނީވޭތަ؟“
ދެން އުއްތަމަ އިމާމު ތެދުވެ އީސާގެފާނުގެ އަރިހުން އެއްސެވިއެވެ. ”ކަލެއާއި ދެކޮޅަށް އެބައިމީހުން އުފުލަމުން ދާ ތުހުމަތާއިމެދު ކަލޭ ދޭނޭ ޖަވާބެއް ނެތްތަ؟“
ބޮޑުއިމާމުންނާއި ބޮޑުން އެކަލޭގެފާނާއިމެދު ތުހުމަތު ކުރައްވަމުން ގެންދެވި ހިނދުގައި ވެސް އެކަލޭގެފާނު ބަސްފުޅެއް ވިދާޅުނުވެ ހަނުހިމޭނުން ހުންނެވިއެވެ.
ނަމަވެސް އީސާގެފާނު ޕިލާތުސްގެ ސުވާލަށް ޖަވާބު ދެއްވުމުގެ ގޮތުން އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ހަނު ހިމޭނުން ހުންނެވުމުން އެކަމާއިމެދު ޕިލާތުސް ވަރަށް ބޮޑަށް ޙައިރާންވިއެވެ.
ޕިލާތުސް ބުންޏެވެ. ”އަހަރެން މިއީ ބަނީއިސްރާއީލު މީހެއް ނޫންކަން ކަލެއަށް ވެސް އެނގެއެންނު؟ ކަލޭގެ އަހަރެންގެ ކައިރިއަށް ގެނައީ ކަލޭގެ އަމިއްލަ މީހުންނާއި ބޮޑު އިމާމުން. ކަލޭ ކުރި ކަމެއް ބުނެބަލަ!“
ސިފައިންގެ ކޮމާންޑަރު ޕައުލް ސިފައިންގެ ކޮށީގެ ތެރެއަށް ވައްދާ އޭނާ ގައިގައި ހަންމުށިން ތެޅުމަށް އެންގިއެވެ. އޭނާ މި ގޮތަށް ކަންތައް ކުރީ އޭރުން ޕައުލް އޭނާގެ ކުށަށް އިޢުތިރާފު ވޭތޯ ބެލުމަށެވެ. އެއީ މީހުން އޭނާ ދެކެ އެވަރަށް ރުޅިއައިސްގެން އެ އުޅޭ ސަބަބެއް އޭނާއަށް އޮޅުން ނުފިލައިގެންނެވެ.