މައްތާ 27:1 - ކިތާބުލް މުޤައްދަސާ1 ހެނދުނު އިރުއެރުމުން ބޮޑުއިމާމާއި ބަނީއިސްރާއީލުގެ ބޮޑުން އީސާގެފާނު އަވަހާރަކޮށްލެއްވުމަށް ނިންމިއެވެ. အခန်းကိုကြည့်ပါ။ |
ހެނދުނު އިރުއެރުމުން ބަނީއިސްރާއީލުގެ ބޮޑުންނާއި ދީނުގެ ދަންނަބޭކަލުންނާއި ބަނީއިސްރާއީލުގެ ދީނީ ކޯޓުގެ ވެރިންނާއި ކުއްލި ގޮތެއްގައި ބޮޑު އިމާމުންނާއި ބައްދަލު ކުރުމަށް ފަހު މިކަމާއި އެމީހުން އަމަލުކުރާނެ ގޮތް ރާވައި ނިންމިއެވެ. އަދި އީސާގެފާނު ހައްޔަރު ކޮށްގެން ހިލިހިލާ ޖަހައިގެން ޕިލާތުސްގެ ކައިރިއަށް ގެންދެވުނެވެ.
ކައިފާސްގެ ގެއިން ރޯމުގެ ގަވަރުނަރުގެ ގަނޑުވަރަށް އީސާގެފާނު ގެންދެވުނީ ފަތިހުއެވެ. ނަމަވެސް އީސާގެފާނާއި މެދު ދައުވާ ކުރުމަށް އައި މީހުން އެތާނގެ ތެރެއަކަށް ނުވަދެއެވެ. އެއީ އެތަނަށް ވަނުމުން އެމީހުން ނަޖިސް ވާނެތީއެވެ. އަދި އެކަމުގެ ސަބަބުން އެމީހުންނަށް ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ވެސް ކެއުން މަކުރޫހަ ވާނެތީއެވެ.
އީސާގެފާނުގެ މަންދޫބުން މި މަލާއިކަތާގެ ބަސްފުޅު އަހާ ކިޔަމަންވެ ފަތިހުގެ ވަގުތުގައި އިރުއެރުމުގެ ކުރިން ގޮސް ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވާދިނުމަށް ފެށިއެވެ. އުއްތަމަ އިމާމާއި އޭނާގެ ބައިގެމީހުން ބަނީއިސްރާއީލުގެ ދީނީކޯޓުގެ ހުރިހާ މެމްބަރުންނަށް އަންގާ އެމީހުން އެއް ކުރިއެވެ. އެ ކޯޓުގައި ބަނީއިސްރާއީލުގެ އެންމެ މުހިންމު ދީނުގެ ބޮޑުން ވެސް ހިމެނުނެވެ. ދެން އެމީހުން އީސާގެފާނުގެ މަންދޫބުން އެކޯޓަށް ގެނައުމަށްޓަކައި ބަޔަކު ޖަލަށް ފޮނުވިއެވެ.