9 އަހަރެމެންނަށް މި އަތަރުފުޅި ނުހަނު އަގުބޮޑުކޮށް ވިއްކާލެވިދާނެ. އަދި އެ ފައިސާ ފަގީރުންނަށް ދެވިދާނެ.“
އީސާގެފާނު އެމީހުންގެ ވިސްނުން ދެނެވަޑައިގަންނަވާ ވިދާޅުވިއެވެ. ”މި އަންހެނާގެ އަމަލުތަކާއި މެދު ތިޔަބައިމީހުން ކަންތައް ބޮޑުވާންވީ ކީއްވެ؟ އަހަރެންނަށް ޓަކައި އެކަނބުލޭގެ އެ ކުރީ ނުހަނު ރަނގަޅު އަދި އެހާމެ ހެޔޮ ކަމެއް.
އެ އަންހެނާގެ އަމަލުތައް އެކަލޭގެފާނުގެ އަސްޙާބީންނަށް ފެނި އެކަނބުލޭގެ ދެކެ ރުޅިއައިސް މިފަދައިން ޝަކުވާ ކުރިއެވެ. ”އެފަދަ އަގުބޮޑު އަތަރެއް މިފަދައިން އިސްރާފު ކުރަނީ ކީއްވެ؟
ތިން ސަތޭކަ ދީނާރަށް ވުރެން ބޮޑު އަގެއްގައި އެ ހުވަނދުފުޅި ވިއްކާލެވޭނެ. އަދި އެފައިސާ ފަގީރުންނަށް ދެވޭނެ!“ އަދި އެބައިމީހުން މިކަމާއި އޭނާއަށް ވަރަށް ހަރުކަށިކޮށް ފާޑުކިޔައި ހެދިއެވެ.
އެބައިމީހުން ކުރިއަށް ދާނީ މަގުފުރެދިގެން ތިބެއެވެ. އަދި ހެޔޮ މަގެއްކަމުގައި ބަލާނީ ބޭއޯރުގެ ދަރި ބަލާމު ހިނގިމަގެވެ. އެއީ މި ބަލާމު ލޯބިކުރީ ނުބައިވެގެންވާ އަމަލުތަކުން ފައިސާ ހޯދުމަށެވެ.
އެ ހުރިހާ ޖަނަވާރުތަކެއް ވެސް ނައްތާލެވޭނެ މެ. އެންމެ މަސްފަލަ ޖަނަވާރުތައް ނުމަރައި އަހަރެންގެ މީހުން އެތަކެތި ޖިލްޖާލަށް މި ގެނައީ ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާން ކުރުމަށް.“
ޝާއުލްގެފާނާއި ސިފައިން އެރަށުގެ ރަސްގެފާނާއި ސިއްޙަތު ރަނގަޅު ގެރިބަކަރި ކަންބަޅިތަކެއް ނުމަރައެވެ. އެމީހުން ބަލިކަށި ހުރިހާ އެއްޗެއް ގަތުލު ކޮށްފިއެވެ. އެހެނަސް ބޭނުންހިފޭ އެއްވެސް އެއްޗެއް ނައްތައެއް ނުލައެވެ.