Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 26:74 - ކިތާބުލް މުޤައްދަސާ

74 ޕަތަރަސް ބުންޏެވެ. ”⁠އަހަރެން ހުވާ ކޮށްފައި ބުނަން މިއީ ޙައްޤު ތެދު! އަހަރެންނަކީ އޭނާ އާއި އެކުގައިވި މީހެއް ކަމުގައިވާނަމަ މާތްރަސްކަލާނގެ އަހަރެންނަށް ކޯފާ ލައްވާފާށި! ތިޔަބުނާ މީހަކު އަހަރެން ނުދަންނަން!⁠“ އެ ހިނދު ކުއްލިއަކަށް ހާލެއްގެ ގޮވާލުމުގެ އަޑު އިވިގެން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 26:74
19 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންނަށް އަނިޔާދީ މަރާލަން އުޅޭ މީހުން ދެކެ ބިރު ގަންނާނެ ކަމެއްނެތް. އެބައިމީހުންނަށް ކުރެވޭނެ ކަމަކީ ތިޔަބައިމީހުންގެ ޖިސްމުތައް ގަތުލު ކުރުން. ނަމަވެސް ތިޔަބައިމީހުންގެ ފުރާނައަކަށް އަނިޔާއެއް އެބައިމީހުންނަކަށް ނުދެވޭނެ. އޭގެބަދަލުގައި ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ. އެކަލާނގެއީ ޖިސްމާއި ފުރާނަ ނަރަކައިގައި ހަލާކު ކުރެއްވޭނޭ ކަލާނގެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. މިރޭ ފަތިހު ހާ ގޮވުމުގެ ކުރީން އަހަރެންނަކީ ތިބާ ދަންނަ ވެސް މީހެއް ނޫންކަމުގައި ތިން ފަހަރު ތިބާ ބުނާނެ.⁠“


އޭގެ ކުޑަހިނދުކޮޅެއްގެ ފަހުން އެތަނުގައި ތިބި މީހުންގެ ތެރެއިން މީހަކު އޭނާގެ ކައިރިއަށް އައިސް ބުންޏެވެ. ”⁠ކަލެއަކީ ހަމަ ޔަޤީނުން ވެސް އެމީހުންގެ ތެރެއިން ހިމެނޭ މީހެއް. އެހެނީ ކަލޭ ވާހަކަ ދައްކަނީ ގަލީލީ މީހުންގެ ބަހުރުވައިން.⁠“


ކުއްލިއަކަށް އީސާގެފާނު މިފަދައިން ވިދާޅުވި ބަސްފުޅު ޕަތަރަސް ހަނދާންވިއެވެ. ”⁠ހާ ގޮވުމުގެ ކުރީން އަހަރެންނަކީ ދަންނަ ވެސް މީހެއް ނޫންކަމުގައި ތިން ފަހަރު ތިބާ ބުނާނެ.⁠“ ޕަތަރަސް އެތަނުން ބޭރަށް ގޮސް ނުހަނު އަސަރާއިއެކު ކަރުނަ އަޅާ ރުއިއެވެ.


ދެން އެ ހުރިހާ އެންމެން އެއްއަޑަކުން ޖަވާބު ދިނެވެ. ”⁠އަހަރެމެންނާއި އަދި އަހަރެމެންގެ ދަރިން އޭނާގެ މަރުގެ ޒިންމާ އުފުލާނަން!⁠“


އީސާގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”⁠އަހަރެން ބުނަންތަ؟ މިރޭ ފަތިހުގެ ހާ ދެފަހަރަށް ގޮވުމުގެ ކުރިން ތިން ފަހަރަށް އަހަރެންނަކީ ތިބާ ނުދަންނަ މީހެއް ކަމުގައި ބުނާނެ.⁠“


ނަމަވެސް ޕަތަރަސް އެކަމާ ދެކޮޅު ހަދައި ބުންޏެވެ. ”⁠އަހަންނަކަށް ނޭނގެ ކަލޭ ތިޔަ ދައްކާ ވާހަކައެއް އަހަރެންނަކަށް ނޭނގުނު.⁠“ މިފަދައިން ޖަވާބު ދިނުމަށް ފަހު ޕަތަރަސް އެތަނުން ބޭރަށް ދިއުމަށްޓަކައި ވަންނަ ދޮރުގެ ކައިރިއަށް ދިޔައެވެ. އެވަގުތު ހާލެއް ގޮވިއެވެ.


ޕަތަރަސް އެމީހާއަށް ބުންޏެވެ. ”⁠އޭ ފިރިހެނާ. ކަލޭ ތިޔަކިޔަނީ ކީކޭ ކަމެއް މަށަކަށް ނޭނގެ.⁠“ ޕަތަރަސް މިހެން ބުނެ ހަމަ ނިމުނު ތަނާ ފަތިހުގެ ހާ ގޮވިއެވެ.


އަނެއްކާވެސް ޕަތަރަސް އެކަމާއި ދެކޮޅުހެދިއެވެ. އަދި ހަމަ އެވަގުތު ފަތިހުގެ ހާ ގޮވިއެވެ.


އަހަރެން އިސްލާޙުކޮށް ތަރުބިއްޔަތު ކުރާނީ އަހަރެން ލޯބިވާ ހުރިހާ އެންމެން. އެހެންވީމާ އިޚުލާސްތެރިވެ ތިބޭ. އަދި ފާފަ ކުރުމުން އެއްކިބާވެ ތައުބާވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ