69 އެ ހިނދު އެ ގޯތިތެރޭގައި ޕަތަރަސް އިށީނދެގެން އިންދާ ނޯކަރު އަންހެން ކުއްޖަކު އޭނާގެ ކައިރިއަށް އައިސް މިހެން ބުންޏެވެ. ”ކަލެއަކީ ވެސް އެ ގަލީލީގެ އީސާގެފާނާއި އެކުގައިވާ މީހެއް.“
އެއްވެފައިވާ މީސްތަކުން ޖަވާބު ދިނެވެ. ”މިއީ ގަލީލީގެ ނާޒަރަތުން ވަޑައިގެންނެވި ނަބިއްޔާ އީސާގެފާނު.“
އެ ހިނދު ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށް އެއްތަންވިއެވެ.
ޕަތަރަސް ދުރުދުރުން އީސާގެފާނުގެ ފަސްފަހަތުން ދިޔައެވެ. އަދި އުއްތަމަ އިމާމުގެ ގަނޑުވަރުގެ ގޯތި ތެރެއަށް ވަނެވެ. އޭނާ އެގަނޑުވަރުގެ ތެރެއަށް ވަދެ ފާރަވެރިންގެ ތެރޭގައި އިށީނެވެ. އަދި އީސާގެފާނާއި މެދު ކަންތައްތައް ހިނގައިދާ ގޮތް ބަލަން އެތަނުގައި އިނެވެ.
ނަމަވެސް އެތަނުގައި ތިބި ހުރިހާ އެންމެންގެ ކުރިމަތީގައި ޕަތަރަސް ބުންޏެވެ. ”ކަލޭ ތިޔަ ދައްކާ ވާހަކައެއް އަހަރެންނަކަށް ނޭނގޭ.“
އެއަށް ފަހު ޕަތަރަސް މައިދޮރާށި ކައިރީގައި ހުއްޓާ ނޯކަރު އަންހެންކުއްޖަކަށް އޭނާ ފާހަގަ ކުރެވިގެން އައިސް އެތަނުގައި ތިބި މީހުންގެ ކައިރީގައި ބުންޏެވެ. ”މި މީހާ އަކީ ނާޒަރަތުގެ އީސާގެފާނާއި އެކު އުޅުނު މީހެއް.“
ނަތާނިއެލް ބުންޏެވެ. ”ނާޒަރަތޭ. ނާޒަރަތުގައި އެއްވެސް ރަނގަޅުކަމެއް ވެދާނެހެން ކަލެއަށް ހީވޭތަ؟“ ފިލިޕު ބުންޏެވެ. ”އަޅެ އަހަންނާއި އެކު އައިސް ކަލޭ ވެސް ބަލާބަލަ.“
އަދި އަނެއްބަޔަކު ބުންޏެވެ. ”އެކަލޭގެފާނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙު.“ އެހެންނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”އަލްމަސީޙު ވަޑައިގަންނަވާނީ ގަލީލީއަކުންނެއް ނޫން.
އެމީހުން ބުންޏެވެ. ”ކަލެއަކީ ވެސް ގަލީލީގެ މީހެއް ނޫންތަ؟ ކަލޭ ފަތްފުށްތައް ހާވައި ނިކަން ބަލާބަލަ. ދުވަހަކު ވެސް އެއްވެސް ނަބީ ބޭކަލަކު ގަލީލީއަކުން އައިސްފައެއް ނުވާނެ.“
އަދި ފަހުން ބޯހިމެނުމުގެ ދުވަސްވަރު ޔުދާސް އޭ ކިޔާ ގަލީލީގެ މީހަކު ވެސް ބަޣާވަތެއް ކުރުމަށް ބަޔަކަށް ހިތްވަރު ދިން. ނަމަވެސް އޭނާ ވެސް ބަޔަކު އަތުން ޤަތުލުވެ އޭނާގެ ބަސް ގަބޫލު ކޮށްގެން އުޅުނު އެންމެން ވެސް ވިއްސި ވިހާލިވެ ނެތިގެން ހިނގައްޖެ.