Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 26:67 - ކިތާބުލް މުޤައްދަސާ

67 އެއާއެކު އީސާގެފާނުގެ މޫނުފުޅަށް އެމީހުން ކުޅު ޖެހިއެވެ. އަދި ގޮށްމުށުން އެކަލޭގެފާނުގެ ހަށިކޮޅުގައި ތެޅިއެވެ. އަދި އަނެއްބަޔަކު އެކަލޭގެފާނުގެ ކަންކަށިފުޅުގައި ތެޅިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 26:67
24 ပူးပေါင်းရင်းမြစ်များ  

ބައެއްމީހުން އެކަލޭގެފާނަށް އަނިޔާކުރަމުން ގޮވަމުން ގެންދިޔައެވެ. ”⁠ކަލެއަށް ހީވަނީ އަލްމަސީޙަކީ ކަލޭ ކަމަށްތަ! ކަލެއަކީ އަލްމަސީޙު ކަމާއި ނަބީބޭކަލެއްކަން އަހަރެމެންނަށް ސާބިތު ކޮށްދީބަލަ! ކަލޭގެ ގައިގައި ޖެހި މީހެއް އަހަރެމެންނަށް ނިކަން ބުނެދީބަލަ!⁠“


އަދި އެކަލޭގެފާނުގެ ހަށިކޮޅަށް އެބައިމީހުން ކުޅުޖަހައި އެކަލޭގެފާނުގެ އަތްޕުޅަށް ދީފައިވާ ދިގު ދަނޑިބުރި ދަމައިގަނެ އޭގެން އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތެޅިއެވެ.


ނަމަވެސް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ނުބައި މީހަކާއި ދެކޮޅަށް ބަދަލު ނުހިފާ. ތިބާގެ ކަނާތު ކަންކަށީގައި މީހަކު ޖަހައިފިނަމަ، ތިބާގެ ވާތްފަރާތު ކަންކަށީގައި ޖެހުމަށް ވެސް އޭނާއަށް ދައްކާ.


އެބައިމީހުން އޭނާއަށް މަލާމާތްކޮށް ހީނހަދައި އޭނާ ގަޔަށް ކުޅުޖަހާނެ. އެބައިމީހުން އޭނާގެ ގައިގައި ހަންމުށިން ތަޅުމަށް ފަހު މަރާލާނެ. އަކަމަކު ތިން ދުވަސް ފަހުން އޭނާ އަލުން ދިރިގެން ތެދުވާނެ.⁠“


އަދި އެތަނުގައި ތިބި މީސްތަކުން އެކަލޭގެފާނުގެ ހަށިކޮޅަށް ކުޅުޖަހައި އެކަލޭގެފާނު ކަނުބެންނެވުމަށް ފަހު އެކަލޭގެފާނުގެ ގައިކޮޅުގައި ތަޅައި އެކަލޭގެފާނަށް ބުނަމުން ދިޔައެވެ. ”⁠ނަބީބޭކަލެއް ވެއްޖިއްޔާ ބުނެބަލަ! ކާކު ޖެހިހެން ހީވަނީ!⁠“ އަދި އެތަނުގައި ތިބި ފާރަވެރިން އެކަލޭގެފާނު ގެންދަވާ ތަޅައި އަނިޔާ ކުރަން ފެށިއެވެ.


އީސާގެފާނުގެ ހަށިކޮޅަށް އެ ބައިމީހުން ކުޅު ޖަހައި އެ ބައިމީހުން އެކަލޭގެފާނުގެ ކުރިފުޅުމަތީ މަލާމާތްކުރުމުގެ ގޮތުން ކަކޫމައްޗަށް ތިރިވެ ހަދައި، އެތައްފަހަރެއްގެ މަތިން އެ ސިފައިންތައް އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދަނޑިބުރިން ތަޅައި އަނިޔާކުރަމުން ދިޔައެވެ.


އީސާގެފާނު މިހެން ވިދާޅުވުމާއި އެކު ބައިތުލް މަޤްދިސްގެ ސިފައިންގެ މީހަކު އީސާގެފާނުގެ މޫނުފުޅު މަތީގައި ޖެހިއެވެ. އަދި ބުންޏެވެ. ”⁠އުއްތަމަ އިމާމާއި ތިޔަ ގޮތަށް ވާހަކަ ނުދައްކާ!⁠“


ދެން އެމީހުން އައިސް ބުންޏެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނަށް މަރުހަބާ!⁠“ މިހެން ބުނެފައި ގޮސް އެމީހުން އެކަލޭގެފާނުގެ މޫނުފުޅު މަތީގައި ތަޅައިގަތެވެ.


އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ