Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 26:64 - ކިތާބުލް މުޤައްދަސާ

64 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިބާ ތިޔަބުނީ ހަމަ ރަނގަޅަށް! އަދި އަހަރެން ތިޔަ ހުރިހާ އެންމެންނަށް ބުނަން. މިއަށް ފަހު އިންސާނާގެ ދަރިކަލުން ކުޅަދުންވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެގެން އިންނަ ތަން ތިޔަބައިމީހުންނަށް ފެންނާނެ. އަދި ވިލާގަނޑެއްގެ ތެރެއިން އުޑުން އެނބުރި އަންނަތަން ވެސް ފެންނާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 26:64
26 ပူးပေါင်းရင်းမြစ်များ  

އިންސާނާގެ ދަރިކަލުން އަލުންއަނބުރާ އަންނާނީ މަތިވެރި ބައްޕާފުޅުގެ ޖަލާލަތުކަމާއެކު އެކަލޭގެފާނުގެ މަލާއިކަތުންނާއި އެކުގައި. އެވަގުތު އެބަޔަކު ކުރި މަސައްކަތެއްގެ އުޖޫރަ އެބަޔަކަށް އެކަލޭގެފާނު ދެއްވާނެ.


އަހަރެން މިބުނަނީ ތެދެއް. މިތަނުގައި މިތިބަ މީސްތަކުންގެ ތެރެއިން ބަޔަކު އެބައިމީހުން މަރުވުމުގެ ކުރިން އިންސާނާގެ ދަރިކަލުންގެ ރަސްކަން ދެކެފައިމެ ނޫނީ މަރެއް ނުވާނެ!⁠“


’⁠މާތްސާހިބުވަންތަ ރަސްކަލާނގެ އަހަރެންގެ މާތްސާހިބާއަށް ވަޙީ ކުރެއްވިއޭ. އެއީ ތިމަންކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެ ވަޑައިގެން އިންނަވާށޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ޢަދާވާތްތެރިން ކަލޭގެފާނުގެ ފައިންޕުޅުދަށަށް ގެނައުމަށް ދާންދެން.⁠‘


އެ ހިނދު އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާކަމުގެ ނިޝާން އުޑުން ފެންނާނެ. އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަތިވެރި ނޫރުފުޅާއި ގަދަފަދަ ބާރަފުޅާ އެކު އުޑުން ވިލާގަނޑެއްގެ ތެރެއިން ވަޑައިގަންނަވާހިނދު ދުނިޔޭގެ އެންމެހާ ޤައުމުތަކުގެ މީހުން ހިތާމަ ކުރާނެ.


”⁠އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަތިވެރިކަމާއެކު އެކަލޭގެފާނުގެ މަލާއިކަތުންނާއިއެކު ވަޑައިގެން އެކަލޭގެފާނުގެ ޝާހީ ތަޚުތުކޮޅުގައި އިށީނދެ ވަޑައިގެން އިންނަވާނެ.


އީސާގެފާނަށް ޚިޔާނާތްތެރިވާނެ ފަރާތް ކަމުގައިވާ ޔުދާސް ވެސް އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. އެއީ އަޅުގަނޑު ތޯ؟⁠“ އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ތިބާ ތިޔަ ބުނީ ރަނގަޅަށް.⁠“


ގަވަރުނަރު ޕިލާތުސްގެ ކުރިމަތީގައި އީސާގެފާނު ހުންނެވިއެވެ. އަދި ޕިލާތުސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠ކަލެއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނުތަ؟⁠“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިބާ ތި ބުނީ ރަނގަޅަށް⁠“


އީސާގެފާނު އެބޭކަލުންނާއި ހަމައަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠އުޑާއި ބިމުގައިވާހާ އަމުރުވެރިކަން އަހަރެންނަށް ވަނީ ދެއްވާފަ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހިޔަޅުތައް އުޅޭނެ ހޮހަޅަތައް ހުރޭ. އުދުހޭ ދޫނިތަކަށް ހާލިތައް ހުރޭ. އެކަމަކު އިންސާނާގެ ދަރިކަލުން ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.⁠“


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިޔައީ ތެދެއް. އިންސާނާގެ ދަރިކަލުން މާތްރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އިންނަވައި އުޑުން ވިލާތަކުގެ ތެރޭން ވަޑައިގަންނަވާތަން ތިޔަބައިމީހުންނަށް ފެންނާނެ!⁠“


އެމީހުންނަށް އޭރު އިންސާނާގެ ދަރިކަލުން ވިލާގަނޑެއްގައި އެކަލޭގެފާނުގެ ކީރިތި ކަމާއި މަތިވެރި ކަމާއި އެންމެ މަތިވެރި ބާރުފުޅާއި އެކު ވަޑައިގަންނަވާ ތަން ފެންނާނެ.


ނަމަވެސް މިހާރުން ފެށިގެން އިންސާނާގެ ދަރިކަލުން އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އިށީނދެ ވަޑައިގެން ވާނެ.⁠“


ދެން އެއެންމެން ސުވާލު ކުރިއެވެ. ”⁠ދެން އެހެންވިއްޔާ ކަލޭ ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން ތަ؟⁠“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އަހަރެން މިއީ މާތްރަސްކަލާނގެ ދަރިކަލުން. ކަލޭމެން ތިޔަބުނީ ތެދެއް.⁠“


އީސާގެފާނު މިހެން ވިދާޅުވި އަޑު އިވި ޕިލާތުސް ބުންޏެވެ. ”⁠އެހެން ވިއްޔާ ކަލޭ ތިޔައީ ހަމަ ރަސްކަލަކީމު ތަ؟⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ވިދާޅުވީ ނޫންތޯ އަޅުގަނޑަކީ ރަސްކަލެކޭ؟ އަޅުގަނޑު އުފަންވެ ދުނިޔެއަށް އައީ ހަމަ އެކަނި މި ސަބަބަށްޓަކައި. އެއީ ތެދުބަސްތައް އަންގައި ދިނުމަށް. ތެދު ހަޤީޤަތުގެ ތެރޭގައި ހުރި މީހަކު ނަމަ އެމީހަކު އަޅުގަނޑުގެ ބަސްތައް އަޑުއަހައި ދެނެގަންނާނެ.⁠“


އެދެމީހުން މަންދޫބުންނަށް ބުންޏެވެ. ”⁠އޭ ގަލީލީގެ މީހުން. ކަލޭމެން މިތާ އުޑަށް ބަލަހައްޓައިގެން ތިޔަ ތިބީ ކީވެފަ؟ އީސާގެފާނު ސުވަރުގެ ގެންދަވައިފި. އަދި ހަމަ އެކަލޭގެފާނު ގެންދެވިތަން ކަލޭމެން ތިޔަ ދުށް ފަދައިން އެއް ދުވަހަކުން ހަމަ އެފަދައިން އެކަލޭގެފާނު އެނބުރި ވަޑައިގަންނަވާނެ.⁠“


ހަރުއަޑުފުޅުން އަމުރު ކުރައްވަމުން މާތްސާހިބާ އުޑުން އެނބުރި ވަޑައިގަންނަވާނެއެވެ. އެކަލޭގެފާނާއި އެކުގައި މަލާއިކަތުންގެ އިސްވެރިޔާގެ އަޑުފުޅު އިވިވަޑައިގެން ދާނެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އެކަލާނގެ ތާޅަފިލީގެ އަޑު އިއްވަވާނެއެވެ. އަދި އެންމެ ފުރަތަމަ އަލުން ދިރުއްވާނެ ބަޔަކީ އަލްމަސީޙު އަށް އީމާންތެރިކަމުގައިވެ ނިޔާވި ފަރާތްތަކެވެ.


އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.


އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.


ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.


އެއަށް ފަހު، ހުދުކުލައިގެ ބޮޑު ތަޚުތެއްގައި ބޭކަލަކު އިށީނދެވަޑައިގެން އިންނެވިތަން އަހަރެން ދުށީމެވެ. އެމީހެއްގެ ކުރިމަތިން އުޑާއި ބިން ގެއްލި ދިއުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އުޑާއި ބިން ދާނޭ އެއްވެސް ތަނެއް ނެތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ