މައްތާ 26:63 - ކިތާބުލް މުޤައްދަސާ63 ނަމަވެސް އީސާގެފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަނެއްކާވެސް އުއްތަމަ އިމާމު އީސާގެފާނަށް ބުންޏެވެ. ”ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެ ބާރުފުޅުން އަހަރެން ކަލެއަށް އަމުރުކުރަން: ކަލެއަކީ އަލްމަސީޙު، މާތްރަސްކަލާނގެ ދަރިކަލުން ކަމުގައިވާނަމަ އެކަން އަހަރެމެންނަށް ބުނެދީ!“ အခန်းကိုကြည့်ပါ။ |
އީސާގެފާނު މިހެން ވިދާޅުވި އަޑު އިވި ޕިލާތުސް ބުންޏެވެ. ”އެހެން ވިއްޔާ ކަލޭ ތިޔައީ ހަމަ ރަސްކަލަކީމު ތަ؟“ އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަ ވިދާޅުވީ ނޫންތޯ އަޅުގަނޑަކީ ރަސްކަލެކޭ؟ އަޅުގަނޑު އުފަންވެ ދުނިޔެއަށް އައީ ހަމަ އެކަނި މި ސަބަބަށްޓަކައި. އެއީ ތެދުބަސްތައް އަންގައި ދިނުމަށް. ތެދު ހަޤީޤަތުގެ ތެރޭގައި ހުރި މީހަކު ނަމަ އެމީހަކު އަޅުގަނޑުގެ ބަސްތައް އަޑުއަހައި ދެނެގަންނާނެ.“
ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.
އެކަލޭގެފާނު ބަދުނާމު ކުރެއްވުމަކުން އެކަމުގެ ބަދަލެއް ނުހިއްޕަވައެވެ. އެކަލޭގެފާނު ވޭނާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން މީސްތަކުންނަށް ބިރެއް ނުދައްކަވައެވެ. އެކަލޭގެފާނާއި މެދުގައި ވީ ކަންތައް ތަކާއިމެދު ފައިސަލާ ކުރެއްވުމަށް މާތްރަސްކަލާނގެ އާއި ވަކީލު ކުރެއްވިއެވެ. އެކަލާނގެއީ އަބަދުވެސް އިންސާފުވަންތަ ރަސްކަލާނގެއެވެ.
އިސްރާއީލު މީހުން އެދުވަހު ތިބީ ނުތަނަވަސްކަން މަތީގައެވެ. އެހެނީ ޝާއުލްގެފާނު އެމީހުންނާ ހުވައެއް މަތިކުރައްވައިފިވެ. ”އެކަކު ވެސް މިއަދު އިރުއޮއްސުމުގެ ކުރީގައި އަދާވާތްތެރިން ބަލިކޮށްފައި ނޫނީ އެއްޗެއް ކައިބޮއި ހަދައިފި މީހަކަށް ލަޢުނަތް ހުރި.“ އެހެންވެ އެދުވަހު އެކަކު ވެސް ކާއެއްޗެއް ނުކައެވެ.