60 އެތައް ބަޔަކު އެކަލޭގެފާނާއި ދެކޮޅަށް ދޮގު ދައުވާ ކުރުމަށް ހިތުލައިގެން އައި ކަމުގައި ވިޔަސް އެމީހުންނަށް އެކަން ކުރާނޭ އެކަކު ވެސް ނުލިބުނެވެ. އެންމެފަހުން ދެމީހަކު އައިސް ބުންޏެވެ.
ފާޑު ނުކިޔޭނޭ ގޮތަށް ހަރުދަނާ ބަސްތަކުން އުނގަންނައިދޭށެވެ. އެހެން ވެއްޖެނަމަ ތިބާ އާއި ދެބަސްވާނެ ފަރާތްތައް ލަދުވެތިވާނެއެވެ. ސަބަބަކީ އަހަރެމެންނާއި މެދު ކުޑައިމީސް ބަހެއް ބުނުމުގެ ޖާގަ އެމީހުންނަށް ލިބިގެން ނުވާނެތީއެވެ.
އަދި ތިޔަބައިމީހުންގެ ޟަމީރުގެ ސާފު ކަމާއެކުގައެވެ. އެހެންވީމާ، ތިޔަބައިމީހުންނާއި ދެކޮޅަށް ނޭދެވޭ ވާހަކަތައް ދައްކަމުން ދާ ބަޔަކުނަމަ، ތިޔަބައިމީހުން އުޅެމުންގެންދާ ހެޔޮލަފާ ދިރިއުޅުން ފެނި އެބައިމީހުން ލަދުވެތިވާނެއެވެ. ސަބަބަކީ ތިޔަބައިމީހުން އަލްމަސީޙަށް އީމާން ވެގެންވުމެވެ.