Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 26:58 - ކިތާބުލް މުޤައްދަސާ

58 ޕަތަރަސް ދުރުދުރުން އީސާގެފާނުގެ ފަސްފަހަތުން ދިޔައެވެ. އަދި އުއްތަމަ އިމާމުގެ ގަނޑުވަރުގެ ގޯތި ތެރެއަށް ވަނެވެ. އޭނާ އެގަނޑުވަރުގެ ތެރެއަށް ވަދެ ފާރަވެރިންގެ ތެރޭގައި އިށީނެވެ. އަދި އީސާގެފާނާއި މެދު ކަންތައްތައް ހިނގައިދާ ގޮތް ބަލަން އެތަނުގައި އިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 26:58
10 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށް އެއްތަންވިއެވެ.


ވަގުތު ފާއިތުވެ ކޯޓަށް ގެންދިއުމުގެ ކުރިން ތިބާގެ ދެކޮޅުވެރިޔާ އާއި މެދުގައި ރަޙުމަތްތެރިކަން އުފައްދާ. ނޫނީ ތިބާގެ ދެކޮޅުވެރިޔާ ގާޒީ އާއި ތިބާ ހަވާލުކުރާނެ. އަދި ގާޒީ ތިބާ ޖަލަށް ލުމަށް ޙަވާލު ކުރާނެ.


ދެން އެމީހުން އެކަލޭގެފާނު ހައްޔަރު ކޮށްގެން އުއްތަމަ އިމާމުގެ ގެއަށް ގެންދިޔައެވެ. ޕަތަރަސް ތަންކޮޅެއް ދުރުގައި ހުރެގެން އީސާގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.


އެވަގުތު ޝަމްއޫނު ޕަތަރަސް ހީކަރުވާތީ އެތާނގައި ހުރި އަލިފާންގަނޑުގެ ކައިރީގައި ހުއްޓާ މީހަކު ބުންޏެވެ. ”⁠ކަލޭ ވެސް ތިޔައީ އީސާގެފާނާއި އެއްކޮށް އުޅޭ އަސްޙާބީންގެ މީހެއް ނޫންތަ؟⁠“ ޕަތަރަސް ބުންޏެވެ. ”⁠އަހަރެން މީ އޭނާޔާ އެއްކޮށް އުޅޭ މީހެއް ނޫން.⁠“


ބޮޑު އިމާމުންނަށާއި އަދި ބައިތުލް މަޤްދިސްގެ ސިފައިންނަށް އީސާގެފާނު ފެނުމުން އެމީހުން ހަޅޭއްލަވާ ގޮވަން ފެށިއެވެ. ”⁠އޭނާ ސަލީބަށް އަރުވާ! އޭނާ ސަލީބަށް އަރުވާ!⁠“ ދެން ޕިލާތުސް ބުންޏެވެ. ”⁠ކަލޭމެން އޭނާ ސަލީބަށް އަރުވާ! އަހަރެންނަކަށް އޭނާއަށް އަދަބެއް ދޭން ޖެހޭ އެއްވެސް ކަމެއް ނުފެނުނު!⁠“


ދެން މީސްތަކުންގެ މެދުގައި ސިއްރިއްޔާތުގައި މިފަދަ ވާހަކަތައް ދެކެވޭކަން ފަރީސީންނަށް އެނގުމުން އެމީހުން ބޮޑު އިމާމުންނާއި އެއްބައިވެ ބައިތުލް މަޤްދިސްގެ ސިފައިން އީސާގެފާނު ހައްޔަރު ކުރުމަށް ފޮނުވިއެވެ.


އީސާގެފާނު ހައްޔަރުކުރުމަށް ފޮނުވި ބައިތުލް މަޤްދިސްގެ ސިފައިން އެކަލޭގެފާނާ ނުލާ އެނބުރި ފަރީސީންނާއި ބޮޑު އިމާމުންގެ ގާތަށް ދިއުމުން އެމީހުން ސުވާލު ކުރިއެވެ. ”⁠ކަލޭމެން އޭނާ ނުގެނައީ ކީއްވެ؟⁠“


ނަމަވެސް މަންދޫބުން އެތަނަށް ގެނައުމަށް ބަލާ ފޮނުވުނު ބައިތުލް މަޤްދިސްގެ ސިފައިންނަކަށް އެމީހުންނެއް ޖަލަކުން ނުފެނުނެވެ. އެހެން ކަމުން މި ސިފައިން އައިސް މި ފަދައިން ދެންނެވިއެވެ.


ދެން ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިމީހާ އޭނާގެ ސިފައިން ގޮވައިގެން ގޮސް އީސާގެފާނުގެ މަންދޫބުން ހައްޔަރުކޮށް ގެންދިޔައެވެ. ނަމަވެސް އެމީހުން މި ފަހަރަކު އެއްގޮތަކަށް ވެސް ބާރުގެބޭނުމެއް ނުކުރެއެވެ. އެއީ ސިފައިން އީސާގެފާނުގެ މަންދޫބުންނާ ދޭތެރޭ ހަރުކަށިކޮށް ކަން ކުރަނިކޮށް ފެނިއްޖިއްޔާ އެތާނގައިވާ މީސްތަކުން ގާ އުކާ އެ ސިފައިން މަރާލަފާނެތީ ގަންބިރަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ