Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 26:55 - ކިތާބުލް މުޤައްދަސާ

55 އެއަށް ފަހު އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟ ބައިތުލް މަޤްދިސްގެތެރޭގައި އަހަރެން ވީހިނދު ތިޔަބައިމީހުން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ އެތަނުގައި ކޮންމެ ދުވަހަކު އަހަރެން އުނގަންނައިދެމުން ގެންދިޔައީމު.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 26:55
15 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ބައިތުލް މަޤްދިސްއަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު އެތަނުގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަން ފެއްޓެވި ހިނދު، ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލު ކުރަން ފެށިއެވެ. ”⁠މިކަންތައްތައް ކުރުމަށް ކަލެއަށް އޮތީ ކޮން އަމުރެއް؟ އެ އަމުރު ކަލެއަށް ދިނީ ކޮންފަރާތަކުން؟⁠“


އީސާގެފާނު އެބޭކަލުންނާއި ވާހަކަ ދައްކަވަން ހުންނަވަނިކޮށް އެކަލޭގެފާނުގެ ބާރަ އަސްޙާބީންގެ ތެރޭގައި ހިމެނިގެންވާ ޔުދާސް އެކަލޭގެފާނަށް ޚިޔާނާތްތެރިވެ، އަދި ކަނޑިއާއި މުގުރުބުރި ފަދަ ތަކެތި ހިފައިގެން ތިބި ގިނަ ބަޔަކާއި އެކު އެތަނަށް އައެވެ. މިބައިމީހުން އެތަނަށް ފޮނުވީ ބޮޑުއިމާމުންނާއި މީސްތަކުންގެ މައްޗަށް ވެރިކަން ހިންގަމުން ދިޔަ ބަނީއިސްރާއީލުންގެ ބޮޑުންނެވެ.


ކަޕަރުނައުމް ދޫކުރައްވާ ޖުދެއާ ސަރަހައްދަށް ވަޑައިގެން އުރުދުން ކޯރުގެ އަނެއްފަރާތަށް އީސާގެފާނު ވަޑައިގެންނެވި ހިނދު އެތައް ބައިވަރު މީސްތަކުންނެއް އެކަލޭގެފާނުގެ އަރިހަށް އަނެއްކާވެސް އެއްވެއްޖެއެވެ. އަދި އެހެނިހެން ދަތުރުތަކެކޭ އެއްގޮތަށް އެކަލޭގެފާނު އެބައިމީހުންނަށް އުނގަންނަވައި ދެއްވިއެވެ.


އެއަށް ފަހު އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަމުން ގެންދެވި ހިނދު މި ސުވާލު އެކަލޭގެފާނު ކުރެއްވިއެވެ. ”⁠އަލްމަސީޙަކީ ދާއޫދުގެފާނުގެ ދަރިކޮޅުން ފޮނުއްވޭނެ ފަރާތެއް ކަމުގައި ދީނުގެ ދަންނަބޭކަލުން އެ ބުނަނީ ކީއްވެ؟


ކޮންމެ ދުވަހަކު އެކަލޭގެފާނު ބައިތުލް މަޤްދިސްގައި ކިޔަވާދެއްވަމުން ގެންދެވިއެވެ. ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި އަދި ވެރިންގެ ބޮޑެތި މީހުން އެކަލޭގެފާނު މަރާލެވޭނެ ގޮތަކާއި މެދު ވިސްނަމުން ގެންދިޔައެވެ.


އެއްދުވަހަކު އީސާގެފާނު ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ ގޯތިތެރޭ ކިޔަވާ ދެއްވަމުން މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އަންގަވާދެއްވަމުން ގެންދަވަނިކޮށް ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންގެ ބަޔަކު ބަނީއިސްރާއީލުގެ ބޮޑުންގެ ބަޔަކާއި އެކު އެކަލޭގެފާނުގެ އަރިހަށް އައެވެ.


ދެން އެކަލޭގެފާނު ފޮތްކޮޅު ލައްޕަވާލައްވާ އެތާގެ އެހީތެރިޔާ އަތަށް ދެއްވުމަށް ފަހު އިށީނދެ ވަޑައިގެންނެވިއެވެ. އެމަރުކަޒުގެ ތެރޭގައި ވާ އެންމެންމެ ތިބީ އެކަލޭގެފާނު ވިދާޅުވާނެ ބަސްފުޅެއް ކަނުލާ އަޑުއެހުމަށް ތައްޔާރަށެވެ.


ދެން ޢީދު ފާހަގަ ކުރުމުގެ ކަންތައްތައް މެދަކާ ހަމަޔަށް ގޮސްފައި ވަނިކޮށް އީސާގެފާނު ބައިތުލް މަޤްދިސްއަށް ވަޑައިގެން އެތާނގައި މީސްތަކުންނަށް ކިޔަވާދެއްވަން ފެއްޓެވިއެވެ.


އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ފާޅުގައި އެންމެންނަށް އިވޭނެ ފަދައިން ވިދާޅުވިއެވެ. ”⁠އާނ! ކަލޭމެންނަށް އަހަރެންނަކީ ކާކުކަން އެނގޭ. އަދި އަހަރެން އައީ ކޮންތާނކުންކަން ވެސް އެނގޭ. އެކަމަކު އަހަރެން އައީ އަހަރެން އަމިއްލައަށް އިސްނަގައިގެނެއް ނޫން. އަހަރެން ފޮނުވުނީ ތެދުވެރި ފަރާތަކުން. ކަލޭމެންނަކަށް އެފަރާތެއް ނޭނގޭ.


އަނެއްދުވަހުގެ ފަތިހު އެކަލޭގެފާނު އަނެއްކާވެސް ބައިތުލް މަޤްދިސްއަށް ވަޑައިގެންފިއެވެ. އެވަގުތު އެތައް ބައިވަރު ބަޔަކު އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ދެން އީސާގެފާނު އެތާނ އިށީނދެވަޑައިގެން އެމީސްތަކުންނަށް ކިޔަވައިދެއްވަން ފެއްޓެވިއެވެ.


އީސާގެފާނު މިބަސްފުޅުތައް ވިދާޅުވެ މީސްތަކުންނަށް ކިޔަވައި ދެއްވަމުން ގެންދެވީ ބައިތުލް މަޤްދިސްގެ ސަދަޤާތް ނަގާ ބައިގައި ހުންނަވައިގެންނެވެ. ނަމަވެސް އެއްވެސް މީހަކު އެކަލޭގެފާނު ހައްޔަރެއް ނުކުރިއެވެ. އެއީ އަދި އެކަލޭގެފާނުގެ ވަގުތު ނުޖެހޭތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ