މައްތާ 26:53 - ކިތާބުލް މުޤައްދަސާ53 އަހަރެންގެ ބައްޕާފުޅަށް އަހަރެން އެދި ދަންނަވައިފިނަމަ މަލާއިކަތުންގެ ބާރަ ލަޝްކަރު އަހަރެންނަށް ދެއްވާނެކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވޭނެ. အခန်းကိုကြည့်ပါ။ |
އެއްވެސް މީހަކަށް އަހަރެންގެ ދިރިހުރުމެއް އަހަރެންގެ އަތަކުން އަތުލައެއް ނުގަނެވޭނެ. އަހަރެންގެ ދިރިހުރުން އަހަރެން މި ދެނީ ހިތުން ރުހުމުން. އެއީ އަހަރެންގެ ބައްޕާފުޅު އަހަރެންނަށް އަމުރު ކުރައްވާފައިވާ ފަދައިން އެދިރިހުރުން އަހަރެން ބޭނުން އިރަކު ދޫކޮށްލުމާއި އަދި އެދިރިހުރުން އަނބުރާ ލިބިގަތުމުގެ ބާރު ވެސް އަހަރެންނަށް ލިބިގެން ވޭ.“
ނަމަވެސް ތިޔަބައިމީހުންނަށް ކުރިމަތިވި ވޭނީ ތުރާތަކަށް އެކަލާނގެ ލުއިކޮށް ދެއްވާނެއެވެ. އަހަރެމެންނާއި މެދުގައި ވެސް އެކަލާނގެ އެފަދައިން އަމަލު ކުރައްވާނެއެވެ. އެކަލާނގެ މިކަންތައް ކުރައްވާނީ މާތްސާހިބާ އީސާގެފާނު އެކަލޭގެފާނުގެ ބާރުގަދަ މަލާއިކަތުންނާއިގެން އުޑުން ފާޅުވެ ވަޑައިގަންނަވާ ހިނދުގައެވެ.