Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 26:52 - ކިތާބުލް މުޤައްދަސާ

52 ނަމަވެސް އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ތިޔަ ކަނޑި ދުރައްލާ! ކަނޑީގެ ބޭނުންކުރާ މީހުން ކަނޑިން ގަތުލުވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 26:52
13 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ އިންސާނުން ހެއްދެވީ ތިމަންކަލާނގެ ސިފަފުޅުގައި. ވީއިރު ތިޔަބައިމީހުން އެކަކު އަނެކަކު މަރައިފިނަމަ އެމީހާ އެހެން މީހެއްގެ އަތުން މަރުވާން ޖެހޭނެ.


”⁠މީހަކު މީހަކަށް ހަމަލަދީ ގަސްތުގައި މަރާލައިފިނަމަ އެމީހަކު މަރާލަން ޖެހޭނެ.


ނަމަވެސް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ނުބައި މީހަކާއި ދެކޮޅަށް ބަދަލު ނުހިފާ. ތިބާގެ ކަނާތު ކަންކަށީގައި މީހަކު ޖަހައިފިނަމަ، ތިބާގެ ވާތްފަރާތު ކަންކަށީގައި ޖެހުމަށް ވެސް އޭނާއަށް ދައްކާ.


އެއްވެސް މީހަކު ނުބައި ކަމެއްގެ ބަދަލު ނުބައި ކަމެއް ކުރިޔަ ނުދިނުމަށް ޔަޤީންކުރާށެވެ. ނަމަވެސް އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށް އަބަދުމެ ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ހަމައެހެންމެ ހުރިހާ އެންމެންނާއި މެދުގައި ވެސް މެއެވެ.


ތިޔަބައިމީހުންނާއިމެދު އިހާނެތިކޮށް އަމަލުކުރި ފަރާތްތަކާ މެދު ބަދަލު ނުހިފާށެވެ. އަދި ތިޔަބައިމީހުންނާއި މެދު ބަދުބަސް ބުނާނެ ފަރާތްތަކާމެދުގައި ވެސް ބަދަލު ނުހިފާށެވެ. އޭގެ ބަދަލުގައި އެބައިމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދަންނަވާށެވެ. އެހެނީ ތިޔަބައިމީހުންނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވައެވެ.


އެއްވެސް މީހެއްގެ ތަޤުދީރުގައި ޙިސާރު ކުރެވިގެންވާނަމަ، އެ މީހަކު ޙިޟާރު ކުރެވިގެންދާނެ. އަދި ކަނޑިން ގަތުލު ކުރެވިގެންދާން ހުރިނަމަ، އެ މީހަކު ކަނޑިން ގަތުލު ކުރެވިގެންދާނެ. މި ހިނދު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުން ކެތްތެރިކަމާއި އީމާންތެރިކަމުގައި ދެމި ތިބޭން ޖެހޭނެ.⁠“


އެމީހުން އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާއި ނަބީއިންގެ ލޭ އޮހޮރުވި. އޭގެ ސަބަބުން އިނބަރަސްކަލާނގެ އެމީހުންނަށް ލޭ ބޯން ދެއްވި. އެމީހުންނަށް އެލިބެނީ އެމީހުންނަށް ޙައްޤުވާ ސަޒާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ