Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 26:44 - ކިތާބުލް މުޤައްދަސާ

44 ދެން އީސާގެފާނު ތިންވަނަ ފަހަރަށް ދުޢާކުރެއްވުމަށް ވަޑައިގަތެވެ. އަދި ކުރީފަހަރުތަކުގައި ކުރެއްވި ދުޢާ އެކަލޭގެފާނު ތަކުރާރު ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 26:44
6 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އީސާގެފާނު އެނބުރި ވަޑައިގެންނެވީ އެކަލޭގެފާނުގެ އަސްޙާބީންގެ ކައިރިއަށެވެ. އަދި މިފަހަރު ވެސް އެބޭކަލުންނަށް ވަނީ ނިދިފައެވެ. އެބޭކަލުންގެ ލޯތައް ހުޅުވައިގެން ތިބުމަށް އެބޭކަލުންނަށް ކުޅަދާނަ ވެގެން ނުވިއެވެ.


އެއަށް ފަހު އީސާގެފާނު އަސްޙާބީންގެ ކައިރިއަށް ވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠އަދިވެސް އަރާމުގައި ނިދަނީތަ؟ އިންސާނާގެ ދަރިކަލުން ފާފަވެރިންގެ އަތްމައްޗަށް ދޫކޮށްލެވޭނޭ ވަގުތު މިވަނީ ޖެހިފަ.


ތިޔަބައިމީހުން ދުޢާ ދަންނަވާހިނދު އެހެނިހެން ދީންތަކުގައިވާ ފަދައިން ބޭކާރު ބަސްތައް ތަކުރާރު ކުރާ ބައެއްގެ ގޮތުގައި ނުވޭ. އެފަދަ މީހުން ހީކުރަނީ އެމީހުން ކުރާ ދުޢާ އެކަލާނގެ އައްސަވަނީ އެ ދުޢާއެއްގެ ބަސް ގިނަވީ ވަރަކުން ކަމަށް.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މާނަފުން ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. އެއީ އެމީހުންނަށް ހިތްވަރު ދެރަ ނުކޮށް އަބަދުވެސް ދުޢާކުރަން ޖެހޭނެ ކަން އަންގައި ދެއްވުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ