Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 26:36 - ކިތާބުލް މުޤައްދަސާ

36 އެއަށް ފަހު އީސާގެފާނު އަސްޙާބީންނާއި އެކުގައި ގަތުސެމާނެއޭ ކިޔުނު ތަނަށް ވަޑައިގަތެވެ. އެތަނުގައި އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އަހަރެން މިތަނުގެ މައްޗަށް އަރާ ދުޢާ ކުރުމަށް ފަހު އެނބުރި އަންނަންދެން މިތަނުގައި އިށީނދޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 26:36
10 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ތަންކޮޅެއް ދުރަށް ވަޑައިގަންނަވާ އެކަލޭގެފާނުގެ މޫނުފުޅު ބިންމަތީގައި ޖައްސަވާ ދުޢާ ކުރެއްވިއެވެ. ”⁠ބައްޕާފުޅާ! ބައްޕާފުޅު އެދިވޮޑިގެންވާ ކަމެއް ކަމުގައި ވަނީނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން ނަންގަވާ. ނަމަވެސް އަޅުގަނޑު އެދޭ ފަދަޔަކުން ނޫން. އެހެނަސް ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން.⁠“


އީސާގެފާނު ދެވަނަ ފަހަރު ވެސް ވަޑައިގެން ދުޢާ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ބައްޕާފުޅާ! އިތުރު އެހެން ގޮތެއް މިކަމުގައި ނުވާނަމަ، އަޅުގަނޑު ވޭނުގައިވާން ޖެހޭނަމަ، އަޅުގަނޑު ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރާނަން.⁠“


ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު، ކޮޓަރިއަށް ވަދެ ދޮރު ލައްޕައިގެން ތިބެ ވަންހަނާގައި ތިޔަބައިމީހުންގެ ބައްޕާފުޅަށް އެދި ދުޢާ ދަންނަވާ. ވަންހަނާގައި ތިޔަބައިމީހުން ކުރާ އަމަލުތައް ވެސް ބައްޕާފުޅު ދެނެވޮޑިގެންވޭ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އެކަމުގެ ޘަވާބު ދެއްވާނެ.


އީސާގެފާނު މަރުން ސަލާމަތް ކުރެއްވުމުގެ ބާރުފުޅު މާތްރަސްކަލާނގެ ކިބަފުޅުގައި އޮތެވެ. އޭރު އެކަލޭގެފާނު ބިންމަތީގައި ހުންނަވައި ކަރުނައަޅައި ގަދަ އަޑުފުޅުން ސަލާމަތަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނުގެ ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނުގެ އަޑުފުޅު އެއްސެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ