Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 26:32 - ކިތާބުލް މުޤައްދަސާ

32 ނަމަވެސް އަހަރެން މަރުވުމަށް ފަހު ދިރުއްވުމުން ތިޔަބައިމީހުންގެ ކުރިން ގަލީލީއަށް ގޮސް އެރަށުގައި ތިޔަބައިމީހުންނާއި ބައްދަލު ކުރާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 26:32
13 ပူးပေါင်းရင်းမြစ်များ  

އެހިނދުން ފެށިގެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މި ވާހަކަތައް ކިޔައިދެއްވަން ފެއްޓެވިއެވެ. އެއީ އެކަލޭގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވަން ޖެހޭނޭ ކަމުގައްޔާއި، ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑުއިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އެތަނުގައި އެކަލޭގެފާނަށް ތަފާތު މުސީބާތްތަކާއި އުނދަގޫތައް ޖައްސަވާނެ ކަމުގެ ވާހަކަތަކެވެ. އަދި އެކަލޭގެފާނު އަވަހާރަ ކޮށްލެވޭނޭ ކަމުގައްޔާއި އަދި އޭގެ ތިންވަނަ ދުވަހު އަލުން ދިރުއްވޭނޭ ކަމުގައި ވެސް އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ.


އެއަށް ފަހު ބަނީއިސްރާއީލުން ނޫން ދަރިކޮޅުގެ މީސްތަކުންނާއި އޭނާ ޙަވާލު ކުރެވާނެ. އަދި އެބައިމީހުން އޭނާއަށް މަލާމާތާއި ފުރައްސާރަކޮށް ހަދާނެ. އަދި އެބައިމީހުން އޭނާގެ ގައިގައި ހަންމުށިން ތެޅުމަށް ފަހު ސަލީބަށް އަރުވާނެ. އެކަމަކު އޭނާ އަވަހާރަ ވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަލުން ދިރިގެން ތެދުވާނެ.⁠“


އެ ހިނދު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠އެންމެން ސާހިބާ ދޫކުރައްވައި ދިޔަކަމުގައި ވިޔަސް އަޅުގަނޑު ސާހިބާ ދޫކޮށް ނުދާން.⁠“


އެއަށް ފަހު އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ! ގޮސް އަހަރެންގެ އަސްޙާބީންގެ ކައިރީގައި ގަލީލީއަށް ދިއުމަށް ބުނޭ. އަދި އެތަނުގައި އެބައިމީހުންނަށް އަހަރެން ފެންނާނެ.⁠“


އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީންނަށް ދިއުމަށް ވިދާޅުވި ގަލީލީގައިވާ ފަރުބަދައަށް އެކަލޭގެފާނުގެ އަސްޙާބީން ދިޔައެވެ.


ނަމަވެސް އަހަރެން މަރުވުމަށް ފަހު ދިރުއްވުމުން ތިޔަބައިމީހުންގެ ކުރިން ގަލީލީއަށް ގޮސް އެރަށުގައި ތިޔަބައިމީހުންނާއި ބައްދަލު ކުރާނަން.⁠“


އަދި އެކަލޭގެފާނުގެ އަސްޙާބީންނާއި ޚާއްސަކޮށް ޕަތަރަސްއަށް މި ޚަބަރުދީ: އީސާގެފާނު ތިޔަބައިމީހުންނަށް ވުރެން ކުރިން ގަލީލީއަށް ވަޑައިގަންނަވާނެ. އެކަލޭގެފާނު ވިދާޅުވެފައިވާ ފަދައިން އެރަށުގައި ތިޔަބައިމީހުންނަށް އެކަލޭގެފާނު ފެނިވަޑައިގަންނަވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ