Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 26:3 - ކިތާބުލް މުޤައްދަސާ

3 އެ ހިނދު ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށް އެއްތަންވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 26:3
23 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އެ ގޯތިތެރޭގައި ޕަތަރަސް އިށީނދެގެން އިންދާ ނޯކަރު އަންހެން ކުއްޖަކު އޭނާގެ ކައިރިއަށް އައިސް މިހެން ބުންޏެވެ. ”⁠ކަލެއަކީ ވެސް އެ ގަލީލީގެ އީސާގެފާނާއި އެކުގައިވާ މީހެއް.⁠“


އެއަށް ފަހު ސިފައިން އައިސް ގަވަރުނަރު ޕިލާތުސްގެ ގަނޑުވަރުގެ ތެރެއަށް އީސާގެފާނު ގެންދިޔައެވެ. އަދި އެ ހުރިހާ އެންމެން އެކަލޭގެފާނު ވަށައިލިއެވެ.


ޕަތަރަސް ކުޑަ ތަންކޮޅެއް ދުރުން މިކަންތައްތައް ބަލަމުން ގޮސް އުއްތަމަ އިމާމުގެ ގޯތިތެރެއަށް ވަނެވެ. އެތަނުގައި އިށީނދެގެންތިބި ފާރަވެރިންގެ ކައިރީގައި އޭނާ އިށީނދެ އެތަނުގައި ރޯކުރެވިފައިވީ އަލީފާނުން އޭނާގެ ހަށިގަނޑަށް ހޫނު ކުރަމުން ގެންދިޔައެވެ.


އޭރުން ސުރެން ޕަތަރަސް އުއްތަމަ އިމާމުގެ ގޯތިތެރޭގައި އިށީނދެގެން އިނެވެ. އެ ހިނދު އުއްތަމަ އިމާމުގެ ނޯކަރު އަންހެނަކު އައެވެ.


އެއަށް ފަހު ގަވަރުނަރުގެ ގަނޑުވަރުގެ ފާރަވެރިންގެ ގޮތުގައި ވީ ޚާއްޞަ ސިފައިން އެ ގަނޑުވަރުގެ ގޯތިތެރެއަށް އީސާގެފާނު ގެންދެވިއެވެ. އަދި އެތާނގައި ތިބި އެހެނިހެން ސިފައިންގެ ފައުޖުތައް އައުމަށް ވެސް އެންގިއެވެ.


ދެން އެތަނުގައި ތިބި މީހުން އެތާގެ މެދުގޯތި ތެރޭގައި އަލިފާންގަނޑެއް ރޯކޮށް އެތާ އިށީނުމުން އޭނާ ވެސް އެމީހުންނާއި އެކު އެތާނގައި އިށީނދެއްޖެއެވެ.


އޭރު ބަނީއިސްރާއީލުގެ އުއްތަމަ އިމާމުންނަށް ތިއްބެވީ ހަންނާނު އާއި ކައިފާސް އެވެ. އެދުވަސްވަރު މާތްރަސްކަލާނގެ ވަޙީގެ ބަސްފުޅު ޔަޙުޔާގެފާނަށް ފޮނުއްވިއެވެ. ޔަޙުޔާގެފާނު އޭރު މީހުން ނޫޅޭ އެކަހެރި ހިސާބެއްގައި ދިރިއުޅުއްވަމުން ގެންދެވިއެވެ.


ބޮޑުއިމާމުންނާއި ފަރީސީން އެންމެންނަށް ވެސް އަންގާފައި ވަނީ އީސާގެފާނު ފެނުނު ކޮންމެ މީހަކުމެ އަވަހަށް އެކަން އެމީހުންނަށް އެންގުމަށެވެ. އެއީ އެމީހުން ގަސްތުކުރީ އެކަލޭގެފާނު ފެނުމާއި އެކު ހައްޔަރުކުރުމަށެވެ.


އޭރު ވެސް އީސާގެފާނު ވަނީ ބަނދެވިފައެވެ. ދެން ހަންނާނު އީސާގެފާނު ކައިފާސްގެ އަރިހަށް ގެންދިއުމަށް އެންގިއެވެ.


ކައިފާސްގެ ގެއިން ރޯމުގެ ގަވަރުނަރުގެ ގަނޑުވަރަށް އީސާގެފާނު ގެންދެވުނީ ފަތިހުއެވެ. ނަމަވެސް އީސާގެފާނާއި މެދު ދައުވާ ކުރުމަށް އައި މީހުން އެތާނގެ ތެރެއަކަށް ނުވަދެއެވެ. އެއީ އެތަނަށް ވަނުމުން އެމީހުން ނަޖިސް ވާނެތީއެވެ. އަދި އެކަމުގެ ސަބަބުން އެމީހުންނަށް ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ވެސް ކެއުން މަކުރޫހަ ވާނެތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ