މައްތާ 26:27 - ކިތާބުލް މުޤައްދަސާ27 އެއަށް ފަހު އެކަލޭގެފާނު މޭބިސްކަދުރުގެ ދިޔަ ތައްޓެއް ނަންގަވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވައި މިފަދައިން ވިދާޅުވެ އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވިއެވެ. ”ތިޔަ ބޭކަލުންގެ ތެރެއިން ކޮންމެ ބޭކަލަކު ވެސް މި ތަށިން ދިޔަ ފޮދެއް ބޯލާ. အခန်းကိုကြည့်ပါ။ |
އެބައިމީހުން ކާން ތިބި ހިނދު އީސާގެފާނު ބޯރޮއްޓެއް ނަންގަވައި، އެ ރޮއްޓަށް މާތްރަސްކަލާނގެ ބަރަކާތް ލެއްވުމަށް އެދި ދަންނަވައި އެ ރޮށި ފަޅިކޮށްލެއްވިއެވެ. އަދި އެކަލޭގެފާނު ނެންގެވި ބޯރޮށި އެތި ކޮޅުކޮޅަށް ބައިކުރައްވައި މިފަދައިން ވިދާޅުވެ އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވިއެވެ. ”މި ރޮށިކޮޅު ނަގައި ކާލާ. މިއީ އަހަރެންގެ ހަށިގަނޑު.“