Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 26:26 - ކިތާބުލް މުޤައްދަސާ

26 އެބައިމީހުން ކާން ތިބި ހިނދު އީސާގެފާނު ބޯރޮއްޓެއް ނަންގަވައި، އެ ރޮއްޓަށް މާތްރަސްކަލާނގެ ބަރަކާތް ލެއްވުމަށް އެދި ދަންނަވައި އެ ރޮށި ފަޅިކޮށްލެއްވިއެވެ. އަދި އެކަލޭގެފާނު ނެންގެވި ބޯރޮށި އެތި ކޮޅުކޮޅަށް ބައިކުރައްވައި މިފަދައިން ވިދާޅުވެ އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވިއެވެ. ”⁠މި ރޮށިކޮޅު ނަގައި ކާލާ. މިއީ އަހަރެންގެ ހަށިގަނޑު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 26:26
16 ပူးပေါင်းရင်းမြစ်များ  

ދެން މީސްތަކުންނަށް ވިނަގަނޑު މަތީގައި އިށީނުމަށް އެކަލޭގެފާނު އެންގެވިއެވެ. އަދި ފަސް ބޯރޮއްޓާއި ދެ މަސް ނެންގެވުމަށް ފަހު، އުޑާއި ދިމާލަށް ބައްލަވައި މާތްރަސްކަލާނގެއަށް ޝުކުރު ކުރެއްވިއެވެ. އެއަށް ފަހު ބޯރޮށި ފަޅި ކުރައްވައި އެތަކެތި އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި އެތަނުގައި ތިބި މީސްތަކުންނަށް ބެއްސެވިއެވެ.


އެއަށް ފަހު އެކަލޭގެފާނު މޭބިސްކަދުރުގެ ދިޔަ ތައްޓެއް ނަންގަވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވައި މިފަދައިން ވިދާޅުވެ އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވިއެވެ. ”⁠ތިޔަ ބޭކަލުންގެ ތެރެއިން ކޮންމެ ބޭކަލަކު ވެސް މި ތަށިން ދިޔަ ފޮދެއް ބޯލާ.


އެއަށް ފަހު އެކަލޭގެފާނު ފަސް ބޯރޮއްޓާއި ދެ މަސް ނަންގަވާ އުޑާއި ދިމާއަށް ބައްލަވާލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވުމަށް ފަހު ފަސް ރޮށި އެތައް ބަޔަކަށް ފަޅި ކުރައްވައި އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާންދެއްވިއެވެ. އެ ދެ މަސް ވެސް ނަންގަވާ އެތައް ބަޔަކަށް ބައި ކުރައްވާ އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާންދެއްވިއެވެ.


ދެން އީސާގެފާނު މޭބިސްކަދުރުދިޔަ ތައްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވާ އެތަށި އަސްޙާބީންނަށް ދެއްވަމުން ވިދާޅުވިއެވެ. ”⁠ކަލޭމެން ކޮންމެ މީހަކު މިތަށިން ފޮދުވަރެއް ބޯލާ.


އީސާގެފާނު އެމީހުންނާއި އެކު ކޭން ބައްލަވަން އިށީނދެ ވަޑައިގެން ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާ އެބޯރޮށި ދެފަޅި ކޮށްލެއްވިއެވެ. އަދި އެބޯރޮށި ބައިބައި ކޮށްލައްވާ އެމީހުންނަށް ދެއްވަން ފެއްޓެވިއެވެ.


ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ޖަމާވެ އެތާނގައި އެމީހުންގެ ބައްދަލުވުންތައް ބާއްވައެވެ. އަދި ކޮންމެ ދުވަހަކުމެ އެމީހުންގެ ގޭގޭގައި އެކުގައި ކައްކާ އުފަލާއި ހަމަޖެހުމާއި އެކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކައި ކައިހަދައި އުޅުނެވެ.


އަހަރެމެން މާތްސާހިބާ އީސާގެފާނުގެ މަތިން ހަނދުމަކުރުމަށްޓަކާ ކާކެއުން ކެއުމަށް އާދީއްތަ ވިލޭރޭ ބައްދަލުވީމެވެ. އެ ބައްދަލުވުމުގައި ޕައުލް އެންމެންނާ މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އަދި އޭނާ އަނެއްދުވަހު ފުރާތީ އާއިއެކު މެންދަން ވަންދެން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ