މައްތާ 26:23 - ކިތާބުލް މުޤައްދަސާ23 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”މި ހިނދު އަހަރެންނާއި އެކުގައި މި ކޭން ކެއުމަށް ބޯތަށީގެ ތެރެއަށް އަތްކޮއްޕި ތިޔަބައިމީހުންގެ ތެރެއިން މީހަކު އަހަރެންނަށް ޚިޔާނާތްތެރިވާނެ. အခန်းကိုကြည့်ပါ။ |
”އަހަރެން މި ބަސްތައް މިބުނަނީ ކަލޭމެން އެންމެންނާ ބެހޭގޮތަކުންނެއް ނޫން. ކަލޭމެން އެންމެންނަކީ ވެސް ހަމަ އަހަރެން އަމިއްލައަށް ހޮވި މީހުން. އަހަރެން ކަލޭމެން ރަނގަޅަށް ދަންނަން. ނަމަވެސް ބާވައިލެއްވިގެންވީ ފޮތުގައިވާ ފަދައިން ކަންތައް ވާނެ. އެއީ ލިޔެވިގެންވޭ. ’އަހަރެންނާއި އެކުގައި ކާން އިން މީހާ އަހަރެންނާއި އިދިކޮޅު ވެއްޖެއޭ.‘ އެލިޔެވިގެންވީ ފަދައިން ކަންތައް ވެ ނިމޭނެ.