Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 26:2 - ކިތާބުލް މުޤައްދަސާ

2 ”⁠މާދަމާ ނޫން އަނެއް ދުވަހަކީ ފަހަނަޅައި ދިއުމުގެ ޢީދު ދުވަސްކަން ތިޔަބައިމީހުން ދަންނާނެ. އެދުވަހަކީ އިންސާނާގެ ދަރިކަލުން ސަލީބަށް އެރުވުމަށް ޓަކައި އެކަލޭގެފާނުގެ އަދުއްވުންގެ އަތްމައްޗަށް ދޫކޮށްލެވޭނޭ ދުވަސް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 26:2
17 ပူးပေါင်းရင်းမြစ်များ  

އަހަރެންނަށް ހުށަހަޅާ ޤުރުބާނީގެ ލެޔާއެކު ކަމީރު ކުރި ބޯރޮށި ހުށަހަޅައިގެން ނުވާނެ. ފަހަނަޅައި ދިއުމުގެ ޢީދުގައި ކުރެވޭ ޤުރުބާނީގެ މަސް އަނެއްދުވަހުގެ ހެނދުނާ ހަމަޔަށް ބަހައްޓައިގެން ނުވާނެ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ގަލީލީގައި ވީހިނދު އެކަލޭގެފާނު އަސްޙާބީންނަށް އެއްދުވަހަކު ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުން މީސްތަކުންގެ އަތްމައްޗަށް ދޫކޮށްލެވޭނެ.


”⁠މަޢުސޫމު ކުށެއްނެތް އިންސާނަކަށް މަރުގެ އަދަބު ދިނުމުގައި އަހަރެން ފާފަވެރި ވެއްޖައީމު.⁠“ އިމާމުން ޖަވާބުގައި ބުންޏެވެ. ”⁠ތިޔައީ އަހަރެމެންނަކާ ބެހޭކަމެއް ނޫން. އެކަމާމެދު ކަލޭ ކުރާނެ ކަމެއް ކަލޭ ކުރޭ؟⁠“


އެބައިމީހުން ކެއުމުގެ ތެރޭގައި ވަނިކޮށް، އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެންނަށް އަނިޔާ އާއި ވޭން ލިބުމުގެ ކުރިން ކަލޭމެންނާއި އެކު މިޢީދުގެ ކެއުން ކެއުމަށް އަހަރެން ވަރަށް ބޮޑަށް ބޭނުން ވީމު.


މިހާރު ވަނީ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަރަށް ކައިރިވެފައެވެ. ވީމާ ޖެރޫސަލަމުން ބޭރު ސަރަހައްދުތަކުގެ މީހުން ވަނީ ޖެރޫސަލަމަށް އެއްވެފައެވެ. އެމީހުން އެޢީދު އައުމުގެ ދުވަސްކޮޅެއް ކުރިން އެރަށަށް އަންނަމުން ދަނީ އެޢީދަށް ތައްޔާރު ވުމުގެގޮތުން ސާފުތޯހިރު ވުމަށްޓަކައި ކުރަންވާ ކަންތައްތައް ކުރުމަށެވެ.


ފަހަނަޅައި ދިއުމުގެ ޢީދުގެ ހަ ދުވަސް ކުރިން އީސާގެފާނު ލާޒަރު އަލުން ދިރުއްވި ރަށްކަމުގައިވާ ބެތާނިޔާއަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ.


މިތަނަކީ އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ވަރަށް ގިނައިން ވަޑައިގަންނަވާ ތަނެއްކަން ޔުދާސްއަށް ރަނގަޅަށް އެނގެއެވެ.


މިފަދައިން ކަންތައްތައް ވުމުގެ ސަބަބުން އީސާގެފާނު އެކަލޭގެފާނު އަވަހާރަވެދާނެ ކަމަށް ވިދާޅުވި ގޮތަށް އެކަންތައްވެ ފުރިހަމަވެގެން ދިޔައެވެ.


ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަނީ ވަރަށް ކައިރިވެފައެވެ. އެހެން ކަމުން އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ