Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 26:18 - ކިތާބުލް މުޤައްދަސާ

18 އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ސަހަރުގެ ތެރެއަށް ވަދެގެން ދާހިނދު، ތިޔަބައިމީހުންނާއި މީހަކު ދިމާވާނެ. އެމީހާއަށް ބުނޭ. ’⁠އެދުރުކަލޭގެފާނު ވިދާޅުވިއޭ. އެކަލޭގެފާނުގެ ވަގުތު މިވަނީ އައިސްފައޭ. އަދި ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ތިމަންކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ތިބާގެ ގޭގައި ކާން ބޭނުމޭ.⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 26:18
18 ပူးပေါင်းရင်းမြစ်များ  

އަދި އެއްވެސް މީހަކު ތިޔަބައިމީހުންގެ ކައިރިން ތިޔަކުރަނީ ކީއްތޯ އަހައިފިނަމަ ބުނޭ. ’⁠މާތްސާހިބާ އެއަށް އެދިވަޑައިގެން ވެޔޭ. ވީމަ އެކަލޭގެފާނުގެ އަރިހަށް އެ ދޭތި ގެންދަނީ⁠‘ ކަމުގައި ބުނޭ. އިސާހިތަކު އެ ތަކެތި ގެންދިއުމުގެ ހުއްދަ އެމީހަކު ދޭނެ.⁠“


އަދި އެއްވެސް ފަރާތަކަށް ’⁠މާތްސާހިބު⁠‘ ގެ ނަމުގައި ވެސް ގޮވައިގެން ނުވާނެ. ސަބަބަކީ ތިޔަބައިމީހުންނަށް ލިބިގެން ވަނީ ހަމައެކަނި އެންމެ ’⁠މާތްސާހިބަކު⁠‘ އެއީ އަލްމަސީޙު.


އެހެނަސް ތިޔަބައިމީހުން ’⁠އެދުރުކަލޭގެ⁠‘ ނަމުން އިތުރު ބަޔަކަށް މުޚާތަބު ކޮށްގެންނުވާނެ. ސަބަބަކީ ތިޔަބައިމީހުންނަށް ލިބިގެން ވަނީ އެންމެ އެދުރެއް. އަދި ތިޔަބައިމީހުންނަކީ އެކުގައިވާ އަޚުންނާއި އުޚުތުން.


އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނު ވިދާޅުވި ފަދައިން އަމަލު ކުރިއެވެ. އަދި ފަހަނަޅައި ދިއުމުގެ ޢީދުގެ ފަރިއްކޮޅުގެ ކަންތައް އެގޭގައި އިންތިޒާމު ކުރިއެވެ.


”⁠މާދަމާ ނޫން އަނެއް ދުވަހަކީ ފަހަނަޅައި ދިއުމުގެ ޢީދު ދުވަސްކަން ތިޔަބައިމީހުން ދަންނާނެ. އެދުވަހަކީ އިންސާނާގެ ދަރިކަލުން ސަލީބަށް އެރުވުމަށް ޓަކައި އެކަލޭގެފާނުގެ އަދުއްވުންގެ އަތްމައްޗަށް ދޫކޮށްލެވޭނޭ ދުވަސް.⁠“


ޔުދާސް ސީދާ ހިނގާފައި އީސާގެފާނާއި ދިމާލަށް އައިސް ދެންނެވިއެވެ. ”⁠ސަލާމު! އެދުރުކަލޭގެފާނު!⁠“ އޭނާ މިފަދައިން ބުނެ އެކަލޭގެފާނަށް ބޮސް ދެއްވިއެވެ.


އީސާގެފާނު މިފަދައިން ވިދާޅުވި ތަނާހެން ޖައިރުސްގެ ގެއިން ޚަބަރާއިގެން ބަޔަކު އައެވެ. އަދި ޖައިރުސްއަށް އެމީހުންގެ ތެރެއިން މީހަކު ބުންޏެވެ. ”⁠މަނިކުފާނުގެ އަންހެން ދަރިފުޅު ނިޔާވެއްޖެ. އިތުރަށް އެދުރުކަލޭގެފާނަށް އުނދަގޫ ކުރުމުގެ ބޭނުމެއްނެތް.⁠“


މިއޮތް ހުރިހާ ދުވަހު ކަލޭމެންގެ ކުރިމަތީ ބައިތުލް މަޤްދިސްގައި އަހަރެން ވީމު. އޭރު ކަލޭމެން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ މިއީ ކަލޭމެންގެ ގަޑި. މިއީ އަނދިރިކަން ވެރިކަން ކުރާ ވަގުތު.⁠“


މަރުތާ މިހެން ބުނުމަށް ފަހު އެނބުރި ގޮސް އޭނާގެ ކޮއްކޮ މަރިޔަމް ގާތު އެކަހެރިކޮށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު ވަޑައިގެންފި. އެކަލޭގެފާނު ކަލޭ ދުށުމަށް އެދިވަޑައިގަންނަވާ.⁠“


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އިންސާނާގެ ދަރިކަލުން އެކަލޭގެފާނު މަތިވެރިކަމާއި ޖަލާލަތުކަމަށް އިސްވެ ވަޑައިގަތުމުގެ ވަގުތު ޖެހިއްޖެ.


ފަހަނަޅައި ދިއުމުގެ ޢީދު އައުމުގެ ކުރިން އީސާގެފާނަށް އެކަލޭގެފާނު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގެންފިއެވެ. އީސާގެފާނު އެކަލޭގެފާނަށް އީމާންވެގެންވީ މީހުންދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. އަދި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް އީސާގެފާނު ދުނިޔޭގައިވާ އެކަލޭގެފާނުގެ މީސްތަކުންދެކެ ލޯބިފުޅުވިއެވެ.


މި ހުރިހާ ވާހަކަތަކެއް އަސްޙާބީންގެ ގާތުގައި ދައްކަވައި ނިމިވަޑައިގަތުމުން އެކަލޭގެފާނު އުޑާއި ދިމާއަށް ބައްލަވާފައި ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! ދަރިފުޅުގެ ޖަލާލަތުކަން ފާޅުކުރައްވާ. އެއީ ދަރިފުޅުގެ ފަރާތުން އެ ޖަލާލުވަންތަކަން ފާޅުވެވޭނެ ގޮތް ވުމަށްޓަކާ!


އީސާގެފާނު ވިދާޅުވިއެވެ. ”⁠މަރިޔަމް!⁠“ އޭނާ އެކަލޭގެފާނާއި ދިމާއަށް އެނބުރި ޢިބްރާނީ ބަހުން ގޮވާލިއެވެ. ”⁠ރައްބޫނި!⁠“ މިބަހުގެ މާނައަކީ އެދުރުކަލޭގެފާނު އެވެ.


އީސާގެފާނު މިހެން ވިދާޅުވުމާއި އެކު އެތާނގައި ތިބި މީސްތަކުން އެކަލޭގެފާނު ހިފައި ހައްޔަރުކުރުމަށް އުޅެގަތެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގައިކޮޅަކު އަތެއް ނުލެވުނެވެ. އެއީ އަދި އެކަމުގެ ވަގުތު ނުޖެހޭތީއެވެ.


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެން ދާންވީ ވަގުތު އަދިއެއް ނުޖެހޭ. ކަލޭމެން ބޭނުން އިރަކު ކަލޭމެންނަށް ކަންތައް ކުރެވިދާނެ.


އެހެންވީމާ ކަލޭމެން ތިޔަ ޢީދު ފާހަގަ ކުރަން ދޭ. އަހަރެން ތިޔަ ޢީދު ފާހަގަ ކުރަން ދާންވީ ވަގުތެއް އަދި ނުޖެހޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ