Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 26:14 - ކިތާބުލް މުޤައްދަސާ

14-15 އީސާގެފާނުގެ ބާރަ އަސްޙާބީންގެ ތެރެއިން ޔުދާސް އިސްކަރިޔޮތު ބޮޑު އިމާމުންގެ ކައިރިއަށް ގޮސް ބުންޏެވެ. ”⁠އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި އަހަރެން ތިޔަބައިމީހުންނަށް އެހީތެރިވެދީފިނަމަ ތިޔަބައިމީހުން އަހަރެންނަށް ކިހާވަރަކަށް ފައިސާ ދޭނަން؟⁠“ އެބައިމީހުން ޔުދާސް އިސްކަރިއޮތަށް ތިރީސް ރިހި ލާރި ދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 26:14
14 ပူးပေါင်းရင်းမြစ်များ  

އީސާގެފާނަށް ޚިޔާނާތްތެރިވާނެ ފަރާތް ކަމުގައިވާ ޔުދާސް ވެސް އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. އެއީ އަޅުގަނޑު ތޯ؟⁠“ އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ތިބާ ތިޔަ ބުނީ ރަނގަޅަށް.⁠“


އީސާގެފާނު އެބޭކަލުންނާއި ވާހަކަ ދައްކަވަން ހުންނަވަނިކޮށް އެކަލޭގެފާނުގެ ބާރަ އަސްޙާބީންގެ ތެރޭގައި ހިމެނިގެންވާ ޔުދާސް އެކަލޭގެފާނަށް ޚިޔާނާތްތެރިވެ، އަދި ކަނޑިއާއި މުގުރުބުރި ފަދަ ތަކެތި ހިފައިގެން ތިބި ގިނަ ބަޔަކާއި އެކު އެތަނަށް އައެވެ. މިބައިމީހުން އެތަނަށް ފޮނުވީ ބޮޑުއިމާމުންނާއި މީސްތަކުންގެ މައްޗަށް ވެރިކަން ހިންގަމުން ދިޔަ ބަނީއިސްރާއީލުންގެ ބޮޑުންނެވެ.


އީސާގެފާނުގެ ޢަދުއްވުންނާއި އެކަލޭގެފާނު ޙަވާލު ކުރި ޔުދާސްއަށް އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް އެބައިމީހުން ރާވަމުން ގެންދިޔަތަން ފެނުނެވެ. އެ ހިނދު އޭނާ ކުރި ކަންތަކާއިމެދު އޭނާ ނުހަނު ދެރަވިއެވެ. ވީމާ އޭނާއަށް އެބައިމީހުން ދިން ތިރީސް ރިހި ލާރި ހިފައިގެން ގޮސް ބޮޑުއިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުންގެ އަތަށް ދިނުމަށް ޓަކައި އޭނާ ގޮސް ބުންޏެވެ.


އީސާގެފާނުގެ އަސްޙާބީއެއް ކަމުގައިވާ ޔުދާސް އިސްކަރިޔޮތު ވެސް އެތާނގައި ހުއްޓެވެ. މިނާއަކީ ފަހުން އީސާގެފާނަށް ޚިޔާނާތްތެރިވި މީހާއެވެ. އޭނާ ބުންޏެވެ.


އެރޭ ފަރިއްކޮޅު ފެށުނު ވަގުތު ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސް ލައްވައި އީސާގެފާނަށް ޚިޔާނާތްތެރި ވުމަށް ލަޢުނަތްލެއްވި އިބިލީސް ވަނީ ވަސްވާސް ކޮށްފައެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މި ބޯ ރޮށިކޮޅު ރިހައިގައި ޖައްސާފައި މި ދެނީ އެމީހާއަށް.⁠“ ދެން އީސާގެފާނު ބޯރޮށިކޮޅެއް ރިހައިގައި ޖައްސަވާފައި ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސްއަށް ދެއްވިއެވެ.


ޔުދާސް އެ ބޯ ރޮށިކޮޅު ކާލުމާއި އެކު އެތަނުން ނިކުމެގެން ހިނގައްޖެއެވެ. އޭރު ވަނީ ރޭގަނޑުވެ އަނދިރިވެފައެވެ.


މިތަނަކީ އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ވަރަށް ގިނައިން ވަޑައިގަންނަވާ ތަނެއްކަން ޔުދާސްއަށް ރަނގަޅަށް އެނގެއެވެ.


”⁠އަޚުންނާއި އުޚުތުންނޭ. އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި ބައިތުލް މަޤްދިސްގެ ސިފައިންނަށް އެހީވެދިން ޔުދާސް އާއި މެދު ބާވައިލެއްވިގެންވީ ފޮތްތަކުގައި ލިޔެވިގެންވީ ފަދައިން ކަންތައް ހިނގާ ނިމިއްޖެ. މި ކަންތައް ވާނެ ގޮތް މާތްރޫޙުފުޅު ދާއޫދުގެފާނު މެދުވެރިކޮށް ވަނީ އަންގަވާފަ. ޔުދާސް އަކީ އަހަރެމެންގެ ތެރެއިން ހިމެނުނު އަހަރެމެންނާއި އެކު ހުރިހާ ކަމެއްގައި އުޅުނު އެކަކު. ނަމަވެސް އޭނާ އީސާގެފާނު ހައްޔަރު ކުރުމަށް އައި މީހުންނަށް މަގުދެއްކި.⁠“


(ޔުދާސް މި ކުރި ނުބައިކަންތަކުގެ އަގެއްގެ ގޮތުން ލިބުނު ފައިސާއިން އޭނާ ބިމެއްގަތެވެ. އޭނާ އެ ބިމުގެ ތެރެއަށް ވެއްޓި ހަށިގަނޑު ފަޅަފަޅައިގެން ގޮސް ގޮހޮރު ބޭރަށް ނުކުމެ ވަގުތުން މަރުވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ