Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 25:5 - ކިތާބުލް މުޤައްދަސާ

5 އަލަތު ކައިވެނިވާ ފިރިހެނާ އައުން ލަސްވުމާއެކު އެ ކުދިން ނިދިއައުމުން އެ ކުދިން ނިދި.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 25:5
23 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ނުބައި ޚާދިމަކު މިފަދައިން ވިސްނާނެ. ’⁠އަހަރެންގެ ސާހިބުމީހާ އަވަހަކަށް ނާންނާނެ.⁠‘


އޭގެ ވަރަށް ގިނަ ދުވަސްތަކެއްގެ ފަހުން ސާހިބު މީހާ އެނބުރި އައި. އަދި ތިން ޚާދިމުންގެ ކައިރީގައި އޭނާގެ ފައިސާއިން އެބައިމީހުން ކުރީ ކޮންކަމެއްތޯ އެހި.


ވިސްނޭ ފަސް އަންހެން ކުދިން ދިޔައީ ބައްތިތަކާއެކު އިތުރު ތެޔޮފުޅިތައް ވެސް ހިފައިގެން.


ދަންވަރުގެ ވަގުތު މީހަކު ގޮވަންފެށި. ’⁠އަލަތު ކައިވެނިވާ ފިރިހެނާ އެބައާދޭ! އޭނާއަށް މަރުހަބާ ކިޔުމަށް ތައްޔާރު ވޭ!⁠‘


އެއަށް ފަހު އެކަލޭގެފާނު އެ ތިން އަސްޙާބީންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވި ހިނދު އެބޭކަލުންނަށް ވަނީ ނިދިފައެވެ. އަދި އެކަލޭގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް އެއްގަޑިއިރު ވެސް ހޭލާ ނުތިބެވޭ ތަ؟


އެއަށް ފަހު އީސާގެފާނު އެނބުރި ވަޑައިގެންނެވީ އެކަލޭގެފާނުގެ އަސްޙާބީންގެ ކައިރިއަށެވެ. އަދި މިފަހަރު ވެސް އެބޭކަލުންނަށް ވަނީ ނިދިފައެވެ. އެބޭކަލުންގެ ލޯތައް ހުޅުވައިގެން ތިބުމަށް އެބޭކަލުންނަށް ކުޅަދާނަ ވެގެން ނުވިއެވެ.


ބޭރުގައި ތިބި މީސްތަކުން ޒަކަރިއްޔާ ނުނުކުމެ އެތެރޭގައި އެހާ އެލަސްވަނީ ކީއްވެ ބާވައޭ ހިތަށްއެރިއެވެ.


ނަމަވެސް މިސާލަކަށް މި ނޯކަރު ހިތަށްއަރާފާނެ. ’⁠އަހަރެންގެ ވެރިމީހާ ދިޔައީ ވަރަށް ދިގުދަތުރެއް ގައޭ. އޭނާ އަވަހަކަށް ނަންނާނެއޭ.⁠‘ ދެން އޭނާ އެހެން ނޯކަރުންގެ ގައިގައި ތަޅާ އަނިޔާކޮށް އަދި ކެއުމާއި ރާބޮއި އަމަލުވުމުގައި ދުވަސްތައް ވޭތިކޮށްފި.


އަހަރެން މިބުނަނީ ހަމަތެދެއް. އެކަލާނގެ އެމީހުންނާއި ދޭތެރޭ އިންސާފުވެރިކޮށް އަދި އެހާމެ އަވަހަށް ކަންތައް ހަމަޖައްސައި ދެއްވާނެ. އެހެންނަމަވެސް އިންސާނާގެ ދަރިކަލުން އެނބުރި ދުނިޔެއަށް ވަޑައިގަންނަވާއިރު ދުނިޔޭގައި އީމާންކަން ވާ އެއްވެސް މީހަކު ވާނެ ބާ؟⁠“


ދެން އެކަލޭގެފާނު މި މާނަފުން ވާހަކަ ވިދާޅުވެ މީސްތަކުންނަށް ކިޔަވައި ދެއްވަން ފެއްޓެވިއެވެ. ”⁠މީހަކު މޭބިސްކަދުރު ދަނޑެއް ހެއްދި. ދެން އެ ދަނޑު މީހަކަށް ކުއްޔަށް ދިން. ދެން އެއަށް ފަހު އޭނާ ވަރަށް ދިގު ދަތުރެއްގައި ދިޔަ.


އެއީ އެއަލިކަމުގައި އެންމެހާ ތަކެތި ފެނިދެނިވެއެވެ. އެގޮތުން މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންކުރައްވާފައި ވެއެވެ. ”⁠ނިދާފައިވާ އިންސާނާ ނިކަން ހޭލާށޭ! މަރުވެފައިވާ މީހުންގެ މެދުން ތެދުވޭ. އަދި އަލްމަސީޙުގެ ނޫރުފުޅުން ތިބާގެ މައްޗަށް އަލިކަން ވިދާ ބަބުޅާނެ.⁠“


ފަރުވާތެރިވާށެވެ! ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވު ޝައިތާނާގެ ޙަމަލާތަކަށް ސަމާލުވެ ތިބޭށެވެ. އެއީ އަޑުގަދަ ސިންގާއެއް ފަދައިން އޭނާ ބަލަމުން ދާނީ ވަށައިގެންވާ މީސްތަކުންނަށް ދަހިވެތިވެ ކަށިހަފައި ކެއުމަށެވެ.


ހަމައެކަނި އަހަރެން ތިޔަބައިމީހުންގެ ކައިރިއަށް އައުމާއި ހަމައަށް ސާލިޙުގޮތުގައި ގާއިމުވެ ތިބޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ