Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 25:45 - ކިތާބުލް މުޤައްދަސާ

45 ރަސްގެފާނު އެބައިމީހުންނަށް ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. ކަލޭމެން އަހަރެންނަށް އިމާންވާ މީހުންގެ ތެރެއިން އެންމެ ދެރަމީހަކަށް ވެސް އެފަދަ ކަމެއް ކޮށް ނުދީފިނަމަ އެކަމެއް ކޮށް ނުދެވުނީ ތިމަން މަނިކުފާނަށް.⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 25:45
16 ပူးပေါင်းရင်းမြစ်များ  

ތިބާއަށް ހެޔޮއެދޭ މީހުންނަށް ތިމަންކަލާނގެ ރަޙުމަތް ލައްވާނަން. ތިބާއަށް ނުބައިކޮށް ކަންތައްކުރި މީހަކަށް ތިމަންކަލާނގެ ކޯފާ ލައްވާނަން. އަދި ތިމަންކަލާނގެ ދުނިޔޭގެ ކޮންމެ އާއިލާއަކަށް ތިބާ މެދުވެރިކޮށް ރަޙުމަތް ލައްވާނަން.⁠“


ފަގީރަކަށް ދެރަކޮށް ހިތުން ހެއްދެވިފަރާތަށް ދެރަކޮށް ހިތުން ފަދައެވެ. ނިކަމެއްޗަކަށް ހެޔޮކޮށް ހިތުން އަޅުކަމެއް ފަދައެވެ.


ފަގީރުންނަށް މަލާމާތްކުރުމުން އެކަން ރައްދުވަނީ ހެއްދެވި ފަރާތަށެވެ. ހާލުގައި ޖެހިފައިވާ މީހާއަށް ޖެއްސުން ކޮށްފިނަމަ އެކަމަށް އަދަބު ލިބޭނެއެވެ.


ފަގީރުމީހާއަށް ބީރު ކަންފަތްދޭ މީހާ ކަމަކަށް ބޭނުންވާ ދުވަހު އެ އަޑު އަހާނެ މީހަކު ނުހުންނާނެއެވެ.


މާތްރަސްކަލާނގެ ފޮނުއްވި ނަބިއްޔަކަށް ވާތީ އެ ނަބިއްޔަކު ބަލައިގަންނަ ކޮންމެ މީހަކަށް އެނަބިއްޔަކަށް ހުރި ޘަވާބު ލިބޭނެ. އަދި ޞާލިޙުވަންތަ މީހަކަށް ވީތީ އޭނާ ބަލައިގަންނަ ކޮންމެ މީހަކަށް އެ ޞާލިޙުވަންތަ މީހާއަށް ހުރި އިނާމު ލިބޭނެ.


ރަސްގެފާނު ޖަވާބުގައި ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. މީސްތަކުންގެ ތެރޭން އަހަރެންނަށް އިމާންވާ އެންމެ ދެރަ މީހާއާ މެދު އެފަދަ ކަމެއް ކުރިޔަސް އެކަމެއް އެކޮށްދެވުނީ އަހަރެންނަށް.⁠‘


އެއަށް ފަހު އެބައިމީހުން އަހާނެ. ’⁠އޭ ސާހިބު މަނިކުފާނު! އަޅުގަނޑުމެން މަނިކުފާނު ބަނޑުހައިފުޅުވެފައި ވަނިކޮށް ދުށީ ކޮން އިރަކުތޯ؟ އަދި މަނިކުފާނު ފެންބޮވައިގެންފައި ވަނިކޮށް، ނޫނީ ބީރައްޓެއްސެއްގެ ގޮތުގައި ވަނިކޮށް، ނޫނީ ބަލިވެ އޮންނަވަނިކޮށް، ނޫނީ ޖަލުގައި އޮންނަވަނިކޮށް އަޅާނުލާފައި ވަނީ ކޮން އިރަކުތޯ؟⁠‘


އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠މިފަދަ މީހުން އަބަދުގެ އަބަދަށް ޢުޤޫބާތުގައި ދެމިގެންވާނެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެންވާ ހުރިހާ އެންމެންނަށް ނިމުންނުވާ ޙަޔާތެއް ލިބިދޭނެ.⁠“


ޝާއުލް ބުންޏެވެ. ”⁠ސާހިބާ ތިޔައީ ކޮން ބޭކަލެއް؟⁠“ ދެން އޭނާއަށް މިހެން ބުނެވުނު އަޑު އިވުނެވެ. ”⁠މިއީ ކަލޭ އަނިޔާ ދިނުމަށް ތިޔަ އުޅޭ އީސާގެފާނު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ