މައްތާ 25:44 - ކިތާބުލް މުޤައްދަސާ44 އެއަށް ފަހު އެބައިމީހުން އަހާނެ. ’އޭ ސާހިބު މަނިކުފާނު! އަޅުގަނޑުމެން މަނިކުފާނު ބަނޑުހައިފުޅުވެފައި ވަނިކޮށް ދުށީ ކޮން އިރަކުތޯ؟ އަދި މަނިކުފާނު ފެންބޮވައިގެންފައި ވަނިކޮށް، ނޫނީ ބީރައްޓެއްސެއްގެ ގޮތުގައި ވަނިކޮށް، ނޫނީ ބަލިވެ އޮންނަވަނިކޮށް، ނޫނީ ޖަލުގައި އޮންނަވަނިކޮށް އަޅާނުލާފައި ވަނީ ކޮން އިރަކުތޯ؟‘ အခန်းကိုကြည့်ပါ။ |
އަހަރެން ބީރައްޓެއްސެއްގެ ގޮތުގައި ވީހިނދު ކަލޭމެން އަހަރެންނަށް މަރުޙަބާއެއް ނުކިޔަމު. އަހަރެން އޮރިޔާން ޙާލުގައި ވީހިނދު ކަލޭމެން އަހަރެންގެ އައުރަ ނިވާކުރުމަށް ފޭރާމެއް ނުދިން. އަހަރެން ބަލިމަޑުކަމުގައްޔާއި އަދި ޖަލުގައި ހައްޔަރުވި ހިނދު ކަލޭމެން އަހަރެންގެ ކައިރިއަށް ޒިޔާރަތްކޮށް އަޅައެއް ނުލާ.‘
ޤިޔާމަތް ދުވަހުގައި ގިނަބަޔަކު އަހަރެން ގާތު ބުނާނެ، ’މާތްސާހިބާ، މާތްސާހިބާ، ކަލޭގެފާނުގެ ނަންފުޅުގައި ތިމަންމެން ޣައިބު ބަސްތައް ނީއްވަންތޯއޭ، އަދި ކަލޭގެފާނުގެ ނަންފުޅުގައި ތިމަންމެން މީހުންގެ ހަށިގަނޑުން ޖިންނިތައް ބޭރު ނުކުރަންތޯއޭ، އަދި ކަލޭގެފާނުގެ ނަންފުޅުގައި ގިނަގުނަ މުޢުޖިޒާތްތައް ތިމަންމެން ނުދައްކަމުތޯ އޭ.‘