މައްތާ 25:43 - ކިތާބުލް މުޤައްދަސާ43 އަހަރެން ބީރައްޓެއްސެއްގެ ގޮތުގައި ވީހިނދު ކަލޭމެން އަހަރެންނަށް މަރުޙަބާއެއް ނުކިޔަމު. އަހަރެން އޮރިޔާން ޙާލުގައި ވީހިނދު ކަލޭމެން އަހަރެންގެ އައުރަ ނިވާކުރުމަށް ފޭރާމެއް ނުދިން. އަހަރެން ބަލިމަޑުކަމުގައްޔާއި އަދި ޖަލުގައި ހައްޔަރުވި ހިނދު ކަލޭމެން އަހަރެންގެ ކައިރިއަށް ޒިޔާރަތްކޮށް އަޅައެއް ނުލާ.‘ အခန်းကိုကြည့်ပါ။ |
އެއަށް ފަހު އެބައިމީހުން އަހާނެ. ’އޭ ސާހިބު މަނިކުފާނު! އަޅުގަނޑުމެން މަނިކުފާނު ބަނޑުހައިފުޅުވެފައި ވަނިކޮށް ދުށީ ކޮން އިރަކުތޯ؟ އަދި މަނިކުފާނު ފެންބޮވައިގެންފައި ވަނިކޮށް، ނޫނީ ބީރައްޓެއްސެއްގެ ގޮތުގައި ވަނިކޮށް، ނޫނީ ބަލިވެ އޮންނަވަނިކޮށް، ނޫނީ ޖަލުގައި އޮންނަވަނިކޮށް އަޅާނުލާފައި ވަނީ ކޮން އިރަކުތޯ؟‘