Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 25:41 - ކިތާބުލް މުޤައްދަސާ

41 އެއަށް ފަހު ރަސްގެފާނުގެ ވާތްފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ކައިރިން ދުރަށް ދޭ. ކަލޭމެން ވަނީ މާތްރަސްކަލާނގެ ކޯފާގެ ދަށުގައި! ޝައިތާނާ އަށާއި އޭނާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް ވެއްޓިގަތުމަށް ދޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 25:41
33 ပူးပေါင်းရင်းမြစ်များ  

ވިނަގަސްތައް އެއްތަންކުރެވި އަދި އަންދައިލެވޭނެ. އެއީ ދުނިޔެ ނިމޭހިނދުގައި ކަންތައް ހިނގައިދާނޭ ގޮތް.


އެމަލާއިކަތުން އެމީހުން އަލިފާން އުނދުނަށް ލާނެ. އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ.


އަދި ނުބައި މީސްތަކުން އެއްކޮށް އެމީހުން ރޯކޮށްފައިވާ ބޮޑު އުނދުނެއްގެ ތެރެއަށް އެއްލައިލެވޭނެ. އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ.⁠“


ތިބާގެ އަތް ނުވަތަ ފައި ފާފަކުރުވާ ކަމުގައިވާނަމަ އެ ގުނަވަނެއް ކަނޑައި އެއްލާލާ. އެއީ ތިބާގެ ދެ އަތާއި ދެ ފައި ހުރެ އަބަދަށް ޓަކައިވާ އަލިފާނުގެ ތެރެއަށް އެއްލާލެވުމަށް ވުރެން ތިބާގެ ޖިސްމުން ބައެއް އުނިވެގެންވާ ޙާލުގައި އަބަދަށް ޓަކައި ދިރިހުރުން މާއެދެވޭ.


އަހަރެން ބަނޑުހައި ހައިހޫނު ކަމުގައި ވީ ހިނދު އަހަރެންނަށް ކާނޭ އެއްޗެއް ކަލޭމެން ނުދިން. ފެންބޮވާފައިވީ ހިނދު ކަލޭމެން ބޯނެ ފެންފޮދެއް ނުދިން.


އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠މިފަދަ މީހުން އަބަދުގެ އަބަދަށް ޢުޤޫބާތުގައި ދެމިގެންވާނެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެންވާ ހުރިހާ އެންމެންނަށް ނިމުންނުވާ ޙަޔާތެއް ލިބިދޭނެ.⁠“


އެކަލޭގެފާނު ވަޑައިގަންނަވާނީ ގޮވާންތައް ސާފު ކުރެއްވުމަށް ޓަކައި ތައްޔާރުވެ ވަޑައިގެން. އަދި ގޮވާންތަކުން ތޮއްޓާއި ހުއިތައް ވަކިކުރައްވައި ސާފު ކުރެއްވުމަށް އެކަލޭގެފާނު ހުންނަވާނީ ތައްޔާރުވެ ވަޑައިގެން. އޭގެތެރެއިން ރަނގަޅު ގޮވާންތައް އެކަލޭގެފާނު ގުދަން ކުރައްވައި އަދި ތޮށިތައް ނިމުމެއް ނުވާ އަލިފާނުން އަންދައިލައްވާނެ.⁠“


އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”⁠އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.⁠‘⁠“


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިމާގެ އަޚާ ދެކެ ރުޅިއައިސްގެން ވެސް ނުވާނެ. ނޫނީ ތިމާ އަދާލަތުގެ ކުރިމައްޗަށް ގެންދަން ޖެހިދާނެ. ތިމާގެ އަޚާއަކީ މޮޔައެކޭ ކިޔައި ހުތުރުއެއްޗެހި ގޮވާ މީހާ ވެސް އަދާލަތުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ. އަދި އަނެކާއަކީ ސޮހޮލެކޭ ބުނާ މީހާއަށް ނަރަކައިގެ އަލިފާނުން ސަޒާ ދެވޭނެ.


އެހިނދު އެބައިމީހުންނަށް އަހަރެން ބުނާނަން. ’⁠އަހަރެންގެ ކައިރިން ދުރަށް ދާށޭ. ކަލޭމެންނީ ނުބައި އަމަލުތަކުގެ ވެރިންނޭ. އަހަރެން ކަލޭމެންނެއް ނުދަންނަމޭ.⁠‘⁠“


އޭނާ ޖަވާބުގައި ބުނާނެ. ’⁠އަހަރެންނަކަށް ކަލޭމެން ތިޔައީ ކޮންތާނކުން އައި ކޮންބަޔަކު ކަމެއް ވެސް ނޭނގެއޭ. އޭ ނުބައި ވެގެންވާ ކަންތައްތައް ކުރާ މީހުންނޭ. އަހަރެންގެ ކައިރިން ދުރަށް ދާށޭ.⁠‘


އެމީހާ ގޮވި. ’⁠އިބްރާހީމްގެފާނުއޭ. އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާށޭ. އަޅުގަނޑު މި އަލިފާނުގެ ތެރޭގައި މި ވަނީ ވަރަށް ވޭނުގައޭ. ލާޒަރުގެ އިނގިއްޔެއް ފެން އެއްޗަކަށް ލައްވާފާ އަޅުގަނޑުގެ އަނގަޔަށް ފިނި ކޮށްލައި ދިނުމަށް މިތަނަށް ފޮނުވާ ދެއްވާށޭ.⁠‘


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


ނަމަވެސް ތިޔަބައިމީހުންނަށް ކުރިމަތިވި ވޭނީ ތުރާތަކަށް އެކަލާނގެ ލުއިކޮށް ދެއްވާނެއެވެ. އަހަރެމެންނާއި މެދުގައި ވެސް އެކަލާނގެ އެފަދައިން އަމަލު ކުރައްވާނެއެވެ. އެކަލާނގެ މިކަންތައް ކުރައްވާނީ މާތްސާހިބާ އީސާގެފާނު އެކަލޭގެފާނުގެ ބާރުގަދަ މަލާއިކަތުންނާއިގެން އުޑުން ފާޅުވެ ވަޑައިގަންނަވާ ހިނދުގައެވެ.


އެބައިމީހުންނަށް ދެއްވާނޭ ޢުޤޫބާތަކީ ނިމުމެއްނެތް ހަލާކެވެ. އަދި އެބައިމީހުން ވާނީ މާތް ސާހިބާއާއި އެކަލޭގެފާނުގެ ޖަލާލަތުކަމުގެ ބާރުފުޅުން އެއްކިބާ ކުރެވިގެންނެވެ.


އެކަމަކު އެބިމުން ކަށިގަސްތައް ހެދޭނަމަ އެ ދަނޑުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އެތަކެތި ވުން ގާތީ މާތްރަސްކަލާނގެ ލަޢުނަތްލެއްވި ތަކެއްޗަށެވެ. މިހެން ވުމުން ދަނޑުވެރިޔާ އެންމެފަހުން އެ ދަނޑު އަންދާލާނީއެވެ.


މަލާއިކަތުންގެ ފާފަވެރިކަން ވެސް ބަރިއްޔަ ނުކުރައްވާ ޙައްޤު ޖަޒާ އެފަރާތްތަކަށް މާތްރަސްކަލާނގެ ދެއްވިއެވެ. އަދި އިންސާފު ކުރައްވާ ދުވަހާއި ހަމައަށް އޮލަ ދުމުން އެކުލެވިގެންވާ ފުންވަޅެއް ފަދަ އަނދިރި ވެގެންވާ ނަރަކަޔަށް އެ މަލާއިކަތުން ހުށަހެޅިގެންވިއެވެ.


މާތްރަސްކަލާނގެ ދަރިންނާއި އަދި ޝައިތާނާގެ ދަރިންނާ ދެމެދުގައިވާ ތަފާތު އަހަރެމެންނަށް އެނގެނީ މިގޮތުންނެވެ. އެމީހަކީ ޞާލިޙުކަން މަތީ ނޫޅޭ މީހަކުނަމަ ނުވަތަ އެމީހާގެ އަޚުންނާއި އުޚުތުންނާ މެދު ލޮބުވެތި ކަން ނުބާއްވާ މީހެއް ނަމަ، އެފަދަ މީހަކީ މާތްރަސްކަލާނގެ ދަރިއެއް ކަމުގައެއް ނުވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ