Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 25:40 - ކިތާބުލް މުޤައްދަސާ

40 ރަސްގެފާނު ޖަވާބުގައި ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. މީސްތަކުންގެ ތެރޭން އަހަރެންނަށް އިމާންވާ އެންމެ ދެރަ މީހާއާ މެދު އެފަދަ ކަމެއް ކުރިޔަސް އެކަމެއް އެކޮށްދެވުނީ އަހަރެންނަށް.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 25:40
42 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު އެއްސެވިއެވެ. ”⁠ޝާއުލްގެފާނުގެ އާއިލާގައި އެކަކު ވެސް ނެތީތަ؟ އަހަރެން އެއާއިލާއަށް އެހީތެރިކަން ފޯރުވަން ބޭނުންވޭ. މިއީ ޔޫނަތައިންއަށްޓަކައި އަހަރެން ކޮށްދޭން ބޭނުންވާކަމެއް.⁠“


ދާއޫދުގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ! އަހަރެން ކަލެއަށް އޯގާވެރިވާނަން. ކަލޭގެ ބައްޕައަށްޓަކައި ކަލެއާމެދު ހެޔޮކޮށް ހިތާނަން. އަހަރެން ކަލޭގެ ކާފަ ޝާއުލްގެފާނުގެ ހުރިހާ ބިމެއް ކަލެއަށް އަނބުރާ ދޭނަން. ކަލެއަށް ހުރިހާ އިރަކު ވެސް އަހަރެން ކާމޭޒުގައި ކާން ހުންނާނެ.⁠“


ފަގީރަކަށް ދެރަކޮށް ހިތުން ހެއްދެވިފަރާތަށް ދެރަކޮށް ހިތުން ފަދައެވެ. ނިކަމެއްޗަކަށް ހެޔޮކޮށް ހިތުން އަޅުކަމެއް ފަދައެވެ.


ފަގީރަކަށް އެހީވެއްޖެނަމަ އެއީ މާތްރަސްކަލާނގެ ކިބަފުޅަށް ދޫކުރެވޭ ދަރަންޏެކެވެ. އެކަލާނގެ އެ ދަރަނި އަދާކޮށް ދެއްވާނެއެވެ.


”⁠ތިޔަބައިމީހުން ބަލައިގަންނަ ކޮންމެ މީހަކީ އަހަރެން ވެސް ބަލައިގަންނަ މީހެއް ކަމުގައިވާނެ. އަދިހަމައެހެންމެ، އަހަރެން ބަލައިގަންނަ ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތް ވެސް ބަލައިގަންނަ މީހެއް ކަމުގައިވާނެ.


އަދި އަހަރެންނަށް ތަބާވާ ފަރާތްތަކުގެ ތެރެއިން އެންމެ އާރެއް ބާރެއް ނެތް މީހަކަށް ފިނިފެން ތައްޓެއް ދިން މީހަކަށް ވެސް ހަމަކަށަވަރުން މާތްރަސްކަލާނގެ ޘަވާބު ދެއްވާނެ.⁠“


”⁠ސަމާލުވެ އަޑުއަހާ! މިއިން ކުޑަކުއްޖަކަށް ނިކަމެތިކޮށް ނުހިތާތި. މިކުދިންގެ މަލާއިކަތުން އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ހުރިހާ އިރެއްގައިވެސް ތިބޭނެ.


ދެން ރަސްގެފާނު އެމަނިކުފާނުގެ ކަނާތްޕުޅު ފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ބައްޕާފުޅު ތިޔަބައިމީހުންނަށް ބަރަކާތް ލައްވައިފި! ދުނިޔެ އުފެއްދެވުމުގެ ކުރިން ތިޔަބައިމީހުންނަށް ޓަކައި ތައްޔާރު ކުރެވިފައިވާ ރަސްކަން ލިބިގަތުމަށް އާދޭ.


އަދި މަނިކުފާނު އާލާސްކަންފުޅާ އޮންނަވަނިކޮށް ނުވަތަ ޖަލުގައި އޮންނަވަނިކޮށް ޒިޔާރަތް ކުރީ؟⁠‘


ރަސްގެފާނު އެބައިމީހުންނަށް ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. ކަލޭމެން އަހަރެންނަށް އިމާންވާ މީހުންގެ ތެރެއިން އެންމެ ދެރަމީހަކަށް ވެސް އެފަދަ ކަމެއް ކޮށް ނުދީފިނަމަ އެކަމެއް ކޮށް ނުދެވުނީ ތިމަން މަނިކުފާނަށް.⁠‘⁠“


އެއަށް ފަހު އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ! ގޮސް އަހަރެންގެ އަސްޙާބީންގެ ކައިރީގައި ގަލީލީއަށް ދިއުމަށް ބުނޭ. އަދި އެތަނުގައި އެބައިމީހުންނަށް އަހަރެން ފެންނާނެ.⁠“


އަހަރެން ބުނަންތަ؟ ތިޔަބައިމީހުންނީ އަލްމަސީޙާއި އެކުގައިވާ ބައެއް ކަމުގައި ބަލައި ތިޔަބައިމީހުންނަށް ބޯނޭ ފެންތައްޓެއްދޭ މީހަކު ގެއްލެނި ނުކުރައްވާ އެމީހަކަށް ޙައްޤު ޘަވާބު ލިބިދޭނެ.⁠“


”⁠އަހަރެން ހިފަހައްޓަން ނޫޅޭ!⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަދިއެއް އަހަރެން ބައްޕާފުޅުގެ އަރިހަކަށް ނުދަން. ކަލޭ ގޮސް އަހަރެންގެ އަޚުން ހޯދާ! ގޮސް އެމީހުން ގާތު ބުނޭ، އަހަރެން މިދަނީ އަހަރެންނާއި ކަލޭމެންގެ ބައްޕާފުޅު، އަދި އަހަންނާއި ކަލޭމެންގެ ވެސް ކަލާނގެ އަރިހަށޭ.⁠“


ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މާތްރަސްކަލާނގެ ކަލޭމެން ތިޔަވަނީ އިޚުތިޔާރު ކުރައްވައި މިނިވަން ކުރައްވާފައެވެ. ނަމަވެސް އެއަކީ އެމިނިވަން ކަމުގެ ބޭނުންކޮށް ކަލޭމެންގެ އަމިއްލަ ފާފަވެރި އެދުންތައް ފުއްދުމަށް ދެއްވި މިނިވަންކަމެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް އެހީވެ ލޯބިވުމަށްޓަކައި ދެއްވި މިނިވަންކަމެކެވެ.


ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ ފަރާތަކީ މާތްރޫޙުފުޅު ކަމުގައި ވަނީނަމަ އެރޫޙުފުޅުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ސިފަތަކާއި އަމަލުތައް ވާނެ: ލޯބިވުން، އުފާވެރިކަން، ފުރާނައިގެ ހިތްހަމަޖެހުން، ކެތްތެރިކަން، ހިތްހެޔޮކަން، ރަނގަޅުކަން، ތެދުވެރިކަން،


އަދި އަހަރެމެން އީސާގެފާނަށް އީމާންވުމުން، އަހަރެމެންނަކީ، ޚިތާނު ކުރެވިފައި، ނުވަތަ ނުކުރެވިވާ ބަޔަކުތޯއެއް މާތްރަސްކަލާނގެ ނުބައްލަވައެވެ. އެއީއަކީ އެކަލާނގެ ކިބަފުޅަށް އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ކަލޭމެން މީހުންދެކެ ވާލޯބީގެ ސަބަބުން، ކަލޭމެންގެ ކިބައިގައިވާ އީމާންތެރިކަން، ފާޅުވެ އެނގި ފެނިގެން ދިއުމެވެ.


ވީމާ، އަހަރެމެން ހުރިހާ އެންމެންނަކީ އެކަލޭގެފާނުގެ ހަށިކޮޅުގައިވާ އެކިއެކި ބައިތަކެވެ.


މާތްރަސްކަލާނގެ ދުވަހަކު ވެސް ބޭއިންސާފުވެރިވެ ވޮޑިއެއް ނުގަންނަވައެވެ. އެކަލާނގެއަށްޓަކައި ކަލޭމެން ކުޅަ ކަންތަކާއި ދެއްކި ލޯތްބާއި މަސީޙީންނަށް ވީ އެހީއާއި މިހާރު ވެސް ވަމުންގެންދާ އެހީތަކުގެ މަތިން އެކަލާނގެ ހަނދުމަފުޅު ނައްތަވާ ނުލައްވާނެއެވެ.


މިހާރު، ތިޔަބައިމީހުންގެ ނަފްސުތައް ސާފު ތާހިރުވެގެން ވަނީ އުފާވެރި ޚަބަރުފުޅާމެދު ކިޔަމަންތެރިކަމާއެކު އިތުބާރު ކުރުމުންނެވެ. އެހެންވީމާ، ތިޔަބައިމީހުން ތެދުވެރިކަމާއެކު މަސީޙީންގެ އެކަކު އަނެކަކަށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


އަހަރެމެން މާތްރަސްކަލާނގެ އާއިމެދު ލޮބުވެތި ވަމޭ ބުނެ އަހަރެމެން މަސީޙީން އެކަކުއަނެކަކު ދެކެ ލޯބި ނުވާނަމަ އަހަރެމެން ވާނީ ދޮގުވެރިން ކަމުގައެވެ. އެހެނީ އަހަރެމެންނަށް ފެންނަން ތިބި އަޚުންނާ އުޚުތުން ދެކެ ލޯބި ނުވެވޭނަމަ އަހަރެމެންގެ ލޮލަށް ނުފެންނަ ކަލެއް ދެކެ ލޯބިވެވޭނެ ހެއްޔެވެ؟


ޅަކަންބަޅި އާއި ދެކޮޅަށް އެބައިމީހުން ހަނގުރާމަ ކުރާނެ. ނަމަވެސް އެބައިމީހުންގެ މައްޗަށް ޅަކަންބަޅި ފަތަޙަ ހޯއްދަވާނެ. ސަބަބަކީ އެކަލޭގެފާނީ ސާހިބުންގެ ސާހިބާ. އަދި ރަސްރަސްކަލުންގެ ރަސްގެފާނު ވެސްމެ. އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ފަތަޙަ ހޯއްދަވާނީ އެކަލޭގެފާނު ގޮވާ ޚިޔާރު ކުރެއްވި އެކަލާނގެ ކިބަފުޅަށް ތެދުވެރިވި މީސްތަކުންނާއި އެކުގައި ވެސްމެ.⁠“


އެކަލޭގެފާނުގެ ރިދާކޮޅު ގައްޔާއި އެކަލޭގެފާނުގެ ފައިގެ ފަލަމަސްގަނޑުގައި މި ނަން ލިޔެވިގެން ވެއެވެ. ”⁠ރަސްރަސްކަލުންގެ ރަސްގެފާނު އަދި ސާހިބުންގެ ސާހިބާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ