Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 25:36 - ކިތާބުލް މުޤައްދަސާ

36 އަހަރެން އޮރިޔާން ޙާލުގައި ވީހިނދު އަހަރެންގެ އައުރަ ނިވާކުރުމަށް ޓަކައި ފޭރާން ދިން. އަހަރެން ބަލިމަޑު ކަމުގައިވީ ހިނދު އަހަރެންނާއި މެދު ތިޔަބައިމީހުން އަޅާލުން ބެހެއްޓި. އަދި އަހަރެން ޖަލުގައި ހައްޔަރުވި ހިނދު އަހަރެންގެ ކައިރިއަށް ތިޔަބައިމީހުން ޒިޔާރަތް ކުރި.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 25:36
17 ပူးပေါင်းရင်းမြစ်များ  

ދެން އެ ޞާލިޙުން ރަސްގެފާނަށް ދަންނަވާނެ. ’⁠އޭ ސާހިބު މަނިކުފާނު! އަޅުގަނޑުމެން ކޮން އިރަކުތޯ ތިޔަ މަނިކުފާނު ބަނޑުހައިކަން މަތީ ހުންނަވަނިކޮށް ފެނިގެން ފަރިއްކޮޅު އެރުވީ؟ ފެންބޮވައިގެން ހުންނަވަނިކޮށް ފެންފޮދު އެރުވީ؟


އަހަރެން ބީރައްޓެއްސެއްގެ ގޮތުގައި ވީހިނދު ކަލޭމެން އަހަރެންނަށް މަރުޙަބާއެއް ނުކިޔަމު. އަހަރެން އޮރިޔާން ޙާލުގައި ވީހިނދު ކަލޭމެން އަހަރެންގެ އައުރަ ނިވާކުރުމަށް ފޭރާމެއް ނުދިން. އަހަރެން ބަލިމަޑުކަމުގައްޔާއި އަދި ޖަލުގައި ހައްޔަރުވި ހިނދު ކަލޭމެން އަހަރެންގެ ކައިރިއަށް ޒިޔާރަތްކޮށް އަޅައެއް ނުލާ.⁠‘


ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންގެ ތެރެއިން މީހަކު އަތުގައި ދެގަނޑެތި އޮތްނަމަ އަތުގައި ލާނޭ އެއްޗެއް ނެތް މީހާ އަށް އޭގެން އެއްގަނޑެތި ދީ. އަދި އެމީހެއްގެ އަތުގައި ކާނެ އެއްޗެތި ވާ މީހާ އެ އެއްޗެތި ނެތް މީހަކަށް އެހީވޭ.⁠“


އަހަރެން ކުރި ހުރިހާ ކަމަކުން ވެސް އަހަރެން ކަލޭމެންނަށް ހާމަކޮށްދޭން ބޭނުންވީ ގައިގައި ބާރު ނެތް މީހުންގެ ބޭނުންތަކަށް އެހީވެދިނުމަށް ކަލޭމެންގެ އަތުންފައިން މަސައްކަތް ކުރުން. މާތް ސާހިބާ އީސާގެފާނުގެ ބަސްފުޅުގެ މަތިން ހަނދާން ކުރޭ. އެކަލޭގެފާނު ވިދާޅުވި. ’⁠ލިބިގަތުމަށް ވުރެ ދިނުން އެއީ މާ ބޮޑު ރަޙުމަތެކޭ.⁠‘⁠“


އަދި ޖަލަށް ލެވުނު މީހުންނާމެދު ކަލޭމެން އޯގާވެރިވިއެވެ. މީގެ އިތުރުން ކަލޭމެން އުފަލުން ކަލޭމެންގެ މުދާތައް ލޫޓުވެން ވެސް ދޫކޮށްލިއެވެ. އެހެނީ ކަލޭމެންނަށް ލިބެން ހުރީ މާރަނގަޅު އަދި ދާއިމަށް ހުންނާނެ ތަކެތިކަން ކަލޭމެންނަށް އޭރުވެސް ވިސްނުނެވެ.


އަދި ޖަލުގައި ވީ މީހުންނާއެކު ކަލޭމެންވެސް ވާކަމަށް ދެކެ އެމީހުންނާ މެދު އަޅާލާން ވެސް ހަނދާންކުރާށެވެ. އެގޮތުން ވޭން އުފުލުންމަތީގައި ތިބި މީހުންގެ މަތިން ހަނދާން ނައްތާނުލާށެވެ. އެމީހުންނާއެކު ކަލޭމެން ވެސް ތިބީ އެ ވޭނުގައިކަން ހިތަށް ގެންނާށެވެ.


މާތްރަސްކަލާނގެ މަތިވެރި ބައްޕާފުޅުގެ ޙަޟްރަތުގައި ސާފު އަދި ސައްޙަ ދީނަކީ މުހުތާދެއްގައިވާ ޔަތީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވެ އަޅާލުމާއި އަދި ދުނިޔަވީ ނުތާހިރުކަމުން ސަލާމަތް ވެގެން ވުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ