Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 25:31 - ކިތާބުލް މުޤައްދަސާ

31 ”⁠އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަތިވެރިކަމާއެކު އެކަލޭގެފާނުގެ މަލާއިކަތުންނާއިއެކު ވަޑައިގެން އެކަލޭގެފާނުގެ ޝާހީ ތަޚުތުކޮޅުގައި އިށީނދެ ވަޑައިގެން އިންނަވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 25:31
24 ပူးပေါင်းရင်းမြစ်များ  

އިންސާނާގެ ދަރިކަލުން އަލުންއަނބުރާ އަންނާނީ މަތިވެރި ބައްޕާފުޅުގެ ޖަލާލަތުކަމާއެކު އެކަލޭގެފާނުގެ މަލާއިކަތުންނާއި އެކުގައި. އެވަގުތު އެބަޔަކު ކުރި މަސައްކަތެއްގެ އުޖޫރަ އެބަޔަކަށް އެކަލޭގެފާނު ދެއްވާނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. އަންނަން އޮތް އާ ޒަމާނުގައި އިންސާނާގެ ދަރިކަލުން އަންނަ ހިނދު، އިންސާނާގެ ދަރިކަލުން މަތިވެރިވެގެންވާ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާ ހިނދު އަހަރެންގެ އަސްޙާބީންކަމުގައި ތިޔަބައިމީހުން ބަނީއިސްރާއީލުންގެ ބާރަ ގަބީލާގެ މައްޗަށް އިންސާފު ގާއިމުކުރުމަށް ޓަކައި ބާރަ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާނެ.


ދަންވަރުގެ ވަގުތު މީހަކު ގޮވަންފެށި. ’⁠އަލަތު ކައިވެނިވާ ފިރިހެނާ އެބައާދޭ! އޭނާއަށް މަރުހަބާ ކިޔުމަށް ތައްޔާރު ވޭ!⁠‘


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިބާ ތިޔަބުނީ ހަމަ ރަނގަޅަށް! އަދި އަހަރެން ތިޔަ ހުރިހާ އެންމެންނަށް ބުނަން. މިއަށް ފަހު އިންސާނާގެ ދަރިކަލުން ކުޅަދުންވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެގެން އިންނަ ތަން ތިޔަބައިމީހުންނަށް ފެންނާނެ. އަދި ވިލާގަނޑެއްގެ ތެރެއިން އުޑުން އެނބުރި އަންނަތަން ވެސް ފެންނާނެ.⁠“


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިޔައީ ތެދެއް. އިންސާނާގެ ދަރިކަލުން މާތްރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އިންނަވައި އުޑުން ވިލާތަކުގެ ތެރޭން ވަޑައިގަންނަވާތަން ތިޔަބައިމީހުންނަށް ފެންނާނެ!⁠“


މި ނުބައި ފާފަވެރި ޒަމާނުގައި އަހަރެންނާއި ބެހޭ ގޮތުންނާއި އަދި އަހަރެންގެ އުނގަންނައިދިނުންތަކާ މެދުގައި ބުނެދިނުމަށް ލަދުވެތިވާނެ ފަރާތްތަކާ މެދު އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ ބައްޕާފުޅު، މާތްރަސްކަލާނގެ ނޫރުފުޅުން މާތްވެގެންވީ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނަ ހިނދު އެފަދަ ފަރާތްތަކާމެދުގައި އަހަރެން ލަދުވެތިވާނެ.⁠“


ނަމަވެސް މިހާރުން ފެށިގެން އިންސާނާގެ ދަރިކަލުން އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އިށީނދެ ވަޑައިގެން ވާނެ.⁠“


އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން، އަހަރެންގެ ބައްޕާފުޅު، މާތްރަސްކަލާނގެ ދެއްވާ މަތިވެރި ބާރާއި އެކަލާނގެ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނާނަން. އެދުވަހުން އަހަރެންގެ ނަންގަނެ އަހަރެންގެ ބަސްތަކުގެ ވާހަކަދައްކާ އުޅެން ލަދު ގަތް މީހުންނަށް އަހަރެންގެ ގާތުގައި އެއްވެސް ޖާގައެއް ނުލިބޭނެ.


ހަމަކަށަވަރުން އުޑު ހުޅުވި މާތްރަސްކަލާނގެ މަލާއިކަތުން އިންސާނާގެ ދަރިކަލުންގެ ގާތަށް އައިސް ގޮސް ވާތަން ކަލޭމެން ދެކޭނެ.⁠“


އެދެމީހުން މަންދޫބުންނަށް ބުންޏެވެ. ”⁠އޭ ގަލީލީގެ މީހުން. ކަލޭމެން މިތާ އުޑަށް ބަލަހައްޓައިގެން ތިޔަ ތިބީ ކީވެފަ؟ އީސާގެފާނު ސުވަރުގެ ގެންދަވައިފި. އަދި ހަމަ އެކަލޭގެފާނު ގެންދެވިތަން ކަލޭމެން ތިޔަ ދުށް ފަދައިން އެއް ދުވަހަކުން ހަމަ އެފަދައިން އެކަލޭގެފާނު އެނބުރި ވަޑައިގަންނަވާނެ.⁠“


އަހަރެމެންގެ މާތްސާހިބާ އެކަލޭގެފާނުގެ މީސްތަކުންނާއިގެން ވަޑައިގަންނަވާ ހިނދު މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ ޙަޟްރަތުގައި ތިޔަބައިމީހުން ބާރުގަދަ ކުރައްވައި ޚާލިސް މަޢުސޫމް ބައެއްގެ ގޮތުގައި ވުމަށް އެދި އަހަރެން ދުޢާކުރަމެވެ.


ހަރުއަޑުފުޅުން އަމުރު ކުރައްވަމުން މާތްސާހިބާ އުޑުން އެނބުރި ވަޑައިގަންނަވާނެއެވެ. އެކަލޭގެފާނާއި އެކުގައި މަލާއިކަތުންގެ އިސްވެރިޔާގެ އަޑުފުޅު އިވިވަޑައިގެން ދާނެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އެކަލާނގެ ތާޅަފިލީގެ އަޑު އިއްވަވާނެއެވެ. އަދި އެންމެ ފުރަތަމަ އަލުން ދިރުއްވާނެ ބަޔަކީ އަލްމަސީޙު އަށް އީމާންތެރިކަމުގައިވެ ނިޔާވި ފަރާތްތަކެވެ.


އެކަމަކު އެދަރިކަލުންނަށް އެކަލާނގެ ވަޙީ ކުރެއްވީ މި ފަދައިންނެވެ. ”⁠ކަލާނގެއަކީ ތިޔައީއެވެ. ކަލޭގެފާނުގެ ރަސްކަން ދާއިމަށް ދެމެހެއްޓިގެން ވާނެއެވެ. ކަލޭގެފާނުގެ މީހުންގެ މައްޗަށް އަދުލުވެރިކަމާއެކު ވެރިކަން ކުރަމުން ގެންދާނެއެވެ.


އެހެންވެ އީސާއަލްމަސީޙު ވެސް އަވަހާރަވެ ވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެފަހަރު އެކަލޭގެފާނު އެތައް ބައެއްގެ ފާފަތަކުގެ ކައްފާރާއަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނު އަލުން އެނބުރި ވަޑައިގަންނަވާނީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއް ދެއްކެވުމަކަށް ނޫނެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ އެކަލޭގެފާނުގެ އިންތިޒާރުގައި ތިބި މީހުންނަށް ދިންނެވުން ގެނެސް ދެއްވުމަށްޓަކައެވެ.


އާދަމްގެފާނުގެ ފަހުން އައި ހަތްވަނަ ދަރިކޮޅުން ވަޑައިގެންނެވި އިދުރީސްގެފާނު އެމީހުންނާމެދު ވިދާޅުވި ޣައިބުގެ ބަސްފުޅުތައް ދެކެބަލާށެވެ. ”⁠މާތްސާހިބާ ވަޑައިގަންނަވާނީ އަދަދު ނުކުރެވޭހާ ގިނަ ހާސް މަލާއިކަތުންނާއި އެކުގައެވެ.


ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.


އެއަށް ފަހު، ހުދުކުލައިގެ ބޮޑު ތަޚުތެއްގައި ބޭކަލަކު އިށީނދެވަޑައިގެން އިންނެވިތަން އަހަރެން ދުށީމެވެ. އެމީހެއްގެ ކުރިމަތިން އުޑާއި ބިން ގެއްލި ދިއުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އުޑާއި ބިން ދާނޭ އެއްވެސް ތަނެއް ނެތެވެ.


ނަސްރު ހޯދާ ހުރިހާ އެންމެން އަހަރެންނާއި އެކުގައި ތަޚުތުގައި އިށީނުމުގެ ޙައްޤު ދޭނަން. އެއީ އަހަރެން ވެސް ނަސްރު ހޯދައި އަހަރެންގެ ބައްޕާފުޅުގެ ތަޚުތުގައި އިށީނދެއިން ފަދައިން.


މިއަޅާގެ މާތްރަސްކަލާނގެއާ ދެކޮޅުވެރިވާ ފަރާތެއް ފުނޑުފުނޑުވެ ހަލާކުވެދާނެ. އަދި އުޑުން ގަދަވެގެންވާ ގުގުރުމަކާއެކު ފޮނުއްވާ ކޯފާއަކުން އެމީހުން ކުދިކުދިވެގެން ދާނެ. އަދި އެކަލާނގެ ދުނިޔޭގެ ކަންކޮޅުތަކަށް ބައްލަވައި ވޮޑިގެން އިންސާފު ކުރައްވާނެ. އަދި އެކަލާނގެ ހޮއްވަވާ ރަސްކަލަކު ބާރުވެރި ކުރައްވާނެ. އެކަލާނގެ ޚިޔާރުކުރެއްވި ޚާދިމަށް ގަދަކަން ދެއްވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ