Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 25:29 - ކިތާބުލް މުޤައްދަސާ

29 އެމީހަކާ ހަވާލުކުރެވޭ އެއްޗެއް ރަނގަޅު ގޮތުގައި ބޭނުން ކުރާ މީހާއަށް ފުދި އިތުރަށް ލިބޭނެ. އެމީހަކު އޭގެ ބޭނުން ރަނގަޅު ގޮތުގައި ނުކުރާ މީހެއްގެ އަތުގައި ހުރި އެތިކޮޅުވެސް އަތުލެވޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 25:29
16 ပူးပေါင်းရင်းမြစ်များ  

މީސްތަކުންގެ ތެރެއިން އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދޭ ފަރާތްތަކަށް އިތުރަށް މާތްރަސްކަލާނގެ އުނގެނިގަތުން ދެއްވާނެ. އެމީހުންނަށް ހުސްނުވާ ވަރަށް ވެސް ދެއްވާނެ. ނަމަވެސް އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދިގެންނުވާ ފަރާތްތަކަށް ލިބިދީފައިވާ މަދު މިންވަރު ވެސް އެބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ ނިގުޅައިގަންނަވާނެ.


ބޮޑު އިމާމުންނާއި ބޮޑުން ޖަވާބު ދިނެވެ. ”⁠އެ ހިތް ނުބައި މީސްތަކުން ނުބައި ގޮތެއްގައި މަރައިލާނެ. އަދި މޭބިސްކަދުރު ކަނޑާ މޫސުމުގައި އޭނާއަށް އޭނާގެ ޙިއްސާ ދޭނެ ރަނގަޅު ބަޔަކަށް އޭނާ އެދަނޑު ކުއްޔަށް ދޭނެ.⁠“


ދެން ސާހިބުމީހާ އޭނާގެ އެހެން ޚާދިމުންނަށް ބުނި. ’⁠އޭނާގެ އަތުގައިވާ އެއްހާސް ރަނުގެ ފައިސާފޮތި އަތުލާ ދިހަހާސް ފައިސާފޮތި ހުރި މީހާއަށް ދީ.


އަހަރެންގެ މިބަސްތައް ފަރުވާތެރިވެ އަޑުއަހާ ފަރާތްތަކަށް އިތުރަށް އެނގިގެންދާނެ. ނަމަވެސް މި ބަސްތަކާ މެދު ބީރު ކަންފަތެއްދޭ ފަރާތްތަކަށް ލިބިދީފައިވާ މަދު އެތިކޮޅު ވެސް އަތުލޭވޭނެ.⁠“


އެކަމަކު މުހިންމީ ހަމައެކަނި އެންމެކަމެއް. މަރިޔަމް އެކަން ކުރަން ނިންމީ ރަނގަޅަށް. އޭނާ އެ ގޮތަށް ކަން ކުރުން މަނައެއް ނުކުރެވޭނެ.⁠“


އެހެންވީމާ އަހަރެން ބުނަން. ކަލޭމެން މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއަހާ އުޅޭ ގޮތާ މެދު ފަރުވާތެރިކަމާއި އެކު ވިސްނާ. ދެއްވިފައިވާ މީހުންނަށް އިތުރަށް ވެސް ދެއްވާނެ. އަދި މަދުން ލިބިފައިވާ މީހުން އަތުން އެމީހުން އަތުގައި ވީ ކަމަށް އެމީހުން ހީކުރި އެއްޗެތި ވެސް އަތުލެވޭނެ.⁠“


އަހަރެމެން މިމީހާ ނުހުއްޓުވައިފި ނަމަ އިސާހިތަކު ހުރިހާ އެންމެން އޭނާ ގަބޫލުކޮށް އީމާންވެދާނެ. އޭރުން ރޯމުގެ ސަރުކާރު އަހަރެމެންގެ ބައިތުލް މަޤްދިސްއާ އަދި އަހަރެމެންގެ ޤައުމު ވެސް ނެތިކޮށްލާނެ.⁠“


އަހަރެންނާއި ގުޅިފައިވާ ގޮފިތަކުގެ ތެރެއިން މޭވާ ނާޅާ ހުރިހާ ގޮތްޕެއް އެކަލާނގެ ކަނޑުއްވާ ލައްވާނެ. އަދި މޭވާ އަޅާ ގޮފިތައް ކޮށްޓަވައި ބަލަހައްޓަވާނެ. އެއީ އެގޮފިތައް ސާފުވެ ގިނަ މޭވާ އަޅާނެ ގޮތް ވުމަށްޓަކައި.


އެހެންވީމާ، ތައުބާވެ މީގެ ކުރިން ތިޔަބައިމީހުން ތިބި ހިސާބުން މިހާރު ތިޔަބައިމީހުންނަށް ތިބެވުނު ދުރުމިނާއި މެދުގައި ވިސްނާ! އަދި ކުރީގައި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަމަލުކުރޭ! އެފަދައިން ތިޔަބައިމީހުން އަމަލު ނުކުރާނަމަ އަހަރެން ގޮސް ތިޔަބައިމީހުންގެ ދިއްލާފައިވާ ބައްތި ބަހައްޓާ ހަރު ނަގާނަން!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ