Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 25:21 - ކިތާބުލް މުޤައްދަސާ

21 ސާހިބުމީހާ ބުނި. ’⁠ވަރަށް ރަނގަޅު. ކަލެއަކީ ރަނގަޅު ވަފާތެރި ޚާދިމެއް. ކަލޭ ކުޑަ ފައިސާގެ މިންވަރަށް ވަފާތެރިވި. އެހެންވެ އަހަރެން ކަލެއާ ގިނަ މުދާތައް ހަވާލު ކުރާނަން. އަހަރެންގެ ކައިރިއަށް އައިސް އަހަރެންގެ މި އުފަލުގައި ބައިވެރިވޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 25:21
30 ပူးပေါင်းရင်းမြစ်များ  

ބުއްދިވެރި ޚާދިމުންނަށް ރަސްގެފާނު އިނާމު ދެއްވައެވެ. އެރަސްގެފާނުގެ އަގުވައްޓާ މީހާއަށް އަދަބު ދެއްވައެވެ.


އިތުބާރުހިފޭ މީހާއަށް މާތްރަސްކަލާނގެ ކިބަފުޅުން މަތިވެރި ބަރަކާތް ލިބެއެވެ. އަވަހަށް މުއްސަނދިވެގަންނަން އުޅޭ މީހާއަށް އޮތީ މުސީބާތެވެ.


”⁠ސާހިބުމީހާގެ އިތުބާރު ލިބި އަދި ގޭބިސީގައިވާ އެހެނިހެން ޚާދިމުންނަށް ކަނޑައެޅިފައިވާ ވަގުތު ތަކުގައި ކާންދިނުމުގެ ފުރިހަމަ ޒިންމާ އުފުލޭފަދަ ބުއްދިވެރި އަދި ތެދުވެރި ޚާދިމަކީ ކާކު؟


އަހަރެން މިބުނަނީ ތެދެއް. ސާހިބު މީހާ، އޭނާގެ ހުރިހާ މުދަލެއްގެ މައްޗަށް މި ޚާދިމު އިސްކުރާނެ.


ސާހިބުމީހާ ބުނި. ’⁠ވަރަށް ރަނގަޅު. ކަލެއަކީ ރަނގަޅު ވަފާތެރި ޚާދިމެއް. ކަލޭ ކުޑަ ފައިސާގެ މިންވަރަށް ވަފާތެރިވި. އެހެންވެ އަހަރެން ކަލެއާ ގިނަ މުދާތައް ހަވާލު ކުރާނަން. އަހަރެންގެ ކައިރިއަށް އައިސް އަހަރެންގެ މި އުފަލުގައި ބައިވެރިވޭ.⁠‘


އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠މިފަދަ މީހުން އަބަދުގެ އަބަދަށް ޢުޤޫބާތުގައި ދެމިގެންވާނެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެންވާ ހުރިހާ އެންމެންނަށް ނިމުންނުވާ ޙަޔާތެއް ލިބިދޭނެ.⁠“


އަހަރެން ބުނަންތަ؟ ވެރިމީހާ އޭނާގެ ހުރިހާ މުދަލެއް މި ފުރިހަމައަށް ކަންކުރާ މެނޭޖަރާއި ހަވާލުކުރާނެކަން ޔަޤީން.


ކުރާ ކުޑަ ކަންތައްތަކުގައި ތެދުވެރި ވާ މީހަކު ބޮޑެތި ކަންތައްތަކުގައި ވެސް ތެދުވެރި ވާނެ. އެކަމަކު ކުރާ ކުޑަކަންތައްތަކުގައި މަކަރު ހަދާ މީހަކު އޭނާ ކުރާ ބޮޑެތި ކަންތައްތަކުގައި ވެސް މަކަރު ވެރިވާނެ.


އަހަރެންގެ ޚިދުމަތުގައިވުމަށް އެދޭ ކޮންމެ މީހަކުމެ އަހަރެންނާއި އެކު އާދޭ! އެފަދަ މީހުން އަބަދުވެސް އަހަރެން ވާ ތަނެއްގައި ވެ ވުމަށްޓަކައި. އަދި މީހަކު އަހަރެންގެ ޚިދުމަތުގައިވުމަށް ނިންމައިފިނަމަ، ބައްޕާފުޅު އެމީހަކު ޝަރަފުވެރި ކުރައްވާނެ.


ހުރިހާކަމެއް ތައްޔާރު ވުމުން އަހަރެންގެ ގާތަށް ކަލޭމެން ގެންދަން ބަލާ އަންނާނަން. އޭރުން ކަލޭމެންނަށް އަހަރެން ވާ ތަނެއްގައި އުޅެވޭނެ.


ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައި ވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި.


އަހަރެން މި ދަނީ ދެ އެދެމުގެ ދެމެދުގައި ވީދެމުންނެވެ. ބައެއްފަހަރު ދިރިހުރުމަށް އެދެވޭ ހިނދު އަނެއްބައި ފަހަރު ނިޔާވެ ދިއުމަށް ފަހު އަލްމަސީޙާއިއެކުގައި ވުމަށް އެދެވެއެވެ. އެއީ އަހަރެންނަށް އެންމެ ރަނގަޅު ގޮތްކަމުގައި ބެލެވެއެވެ.


މިފަދަ ރަނގަޅުގޮތުގައި މަސައްކަތްކުރާ އެހީތެރިންނަށް އެހެންމީހުންގެ އިޙްތިރާމް ލިބޭނެއެވެ. އަދި އަލްމަސީޙު އީސާގެފާނުގެ މައްޗަށް އޮންނަ އީމާންތެރިކަމުގެ ވާހަކަ ކެރިގެން މީސްތަކުންގެ ގާތުގައި ބުނެދެވޭނެއެވެ.


އަހަރެމެން މުސީބާތަށް ކެތްތެރިވެ ކުރިއަށް ދާނަމަ، އެކަލޭގެފާނާއެކު އަހަރެމެން ވެރިކުރާނެވެ. އަހަރެމެން އެކަލޭނގެފާނު އެނގޭކަމަށް އިންކާރު ކޮށްފިނަމަ، އެކަލޭގެފާނު ވެސް އަހަރެމެން އެނގިވަޑައިގަންނަވާނެ ކަމަށް އިންކާރު ކުރައްވާނެއެވެ.


އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.


ތިޔަބައިމީހުން މުސީބާތުގައި ވުމުން އެކަމާއި ކަންބޮޑު ނުވެ ދެކިބަލަ! ޝައިތާނާ ތިޔަބައިމީހުން ޖަލުގައި ހައްޔަރު ކުރާނެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުމަށް. އަދި އެ މުސީބާތުގައި ދިހަ ދުވަސް ތިޔަބައިމީހުން ހޭދަ ކުރާނެ. ނަމަވެސް ތިޔަބައިމީހުން މަރުވެދިޔުމާއި ހަމައަށް އީމާންތެރިކަމުގައި ސާބިތުވެ ތިބޭ! އޭރުން ޙަޔާތުގެ ތާޖު އަހަރެން ތިޔަބައިމީހުންނަށް ދޭނަން.


ނަސްރު ހޯދާ ފަރާތްތަކަށް މި ހުރިހާ ރަޙުމަތެއް ލިބިދޭނެ. އަދި އަހަރެންނަކީ އެބައިމީހުންގެ ރަސްކަލާނގެ. ހަމައެހެންމެ، އެބައިމީހުންނަކީ އަހަރެންގެ ދަރިން ކަމުގައި ވެސް ވާނެ.


ނަސްރު ހޯދާ ހުރިހާ އެންމެން އަހަރެންނާއި އެކުގައި ތަޚުތުގައި އިށީނުމުގެ ޙައްޤު ދޭނަން. އެއީ އަހަރެން ވެސް ނަސްރު ހޯދައި އަހަރެންގެ ބައްޕާފުޅުގެ ތަޚުތުގައި އިށީނދެއިން ފަދައިން.


ތަޚުތުގެ މެދުގައި ހުރި ޅަކަންބަޅިއަކީ އެބައިމީހުން ހުއިހައްޕާ މީހާ. އަދި އެފަރާތުން ޙަޔާތުގެ ދިރުން ދެއްވާ ފެންއާރުތަކަށް ދާމަގު އެބައިމީހުންނަށް ދައްކުވައި ދެއްވާނެ. އަދި އެބައިމީހުންގެ ލޮލުން އަންނަ ކޮންމެ ކަރުނަ ތިއްކެއް މާތްރަސްކަލާނގެ ފޮހެދެއްވާނެމެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ